twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގައުމެއް ބިނާ ކުރުމުގައި ޒުވާނުންގެ ދައުރު !

Jan 7, 2018

ޒުވާނުންނަކީ ކުޑަކުދިންނާއި ހަރުމީހުންގެ ދެމެދުގައިވާ ގިންތީގެ މީހުންނެވެ. އަދި ގައުމެކޭ މިކިޔެނީ ވަކި ބަޔަކު ދިރިއުޅޭ ވަކި ސަރުކާރެއް އޮންނަ ސަރަހައްދަކަށެވެ. ބިނާކުރުން މިތަނުގައި މާނަ ކުރަނީ ގައުމެއް ކުރިއެރުވުމަށެވެ.

ގައުމެއްގެ މުސްތަގުބަލް ބިނާވަނީ ޒުވާނުންގެ މައްޗަށެވެ. ޒުވާނުންނަށް ގައުމުގެ ކަންކަން ހަވާލު ނުކުރެވޭނަމަ އެއީ ބޭކާރު ކޮށްލެވޭ އަގުހުރި ވަސީލަތްތަކެކެވެ. ޒުވާނުންގެ ހުނަރުވެރިކަން މިވަނީ މިގައުމަށްވެސް ބޭނުންވެފައެވެ. ރާއްޖޭގެ މުސްތަގުބަލް ފާގަތި ކުރުމަށްޓަކައި ޒުވާނުންގެ އިސްނެގުން މިއަދު ވަރަށް މުހިންމެވެ.

ޒުވާން ކުދިންގެ މައިގަނޑު ޒިންމާއަކީ އަމިއްލަ ކުރިއެރުމަށާއި ހަޔާތުުގެ ކުރިއަށްހުރި ކަންކަމަށް ބޭނުންވާ ތައުލީމު ހާސިލު ކުރުމެވެ. ހުނަރު އިތުރުކުރުމެވެ. ގައުމަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި ފުދުންތެރި ބަޔަކަށް ވުމެވެ. ގައުމެއްގެ ކާމިޔަބީ ބިނާވެފައި އެވަނީ ޒުވާނުންގެ މައްޗަށެވެ. ދުނިޔޭގެ ތަހުޒީބާ އެއްވަރަށް ޒުވާނުން ތަރުބިއްޔަތު ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، ކާމިޔާބާ ހަމައަށް ވާސިލް ވުމަށް އެއްބާރުލުން ދިނުމަކީ ސަރުކާރުގެ ޒިންމާއެެކެވެ.

ޒުވާނުންނަކީ ހަޔާތުގެ ބަހާރެވެ. އެއީ ހުވަފެންތަކެއްދެކި ކަންތައްތަކެއް ދިރާސާ ކުރެވޭ އުމުރެކެވެ. ގައުމު ފާގަތި ތަނަކަށް ބަދަލުކޮށްލުމުގެ މިނިވަންކަމާއި ބާރު ޒުވާނުންނަށް ވަނީ ލިބިފައެވެ. ޒުވާނުންނަކީ މުޖުތަމައުގެ ނަން އުފުލުމުގައާއި، ހަމަހަމަކަމަށާއި،މީހުނަށް އެހީވުމަށާއި، ހަނގާކުރުން ހުއްޓުވުމުގައާއި، އަދިވެސް މުޖުތަމައުގައި ދިމާވާ އެހެނިހެން މައްސަލަތަކަށް ހައްލު ހޯދައިދިނުމުގައި އެހީތެރިވެދޭންޖެހޭ ބައެކެވެ.

ޖުމްލަ ގޮތެއްގައި ބުނާނަމަ ރާއްޖެއަށް ޒުވާނުން ވަރަށް މުހިންމެވެ. ކުޅުދުއްފުށި ތަރައްގީކުރުމަށް ވެސް ޒުވާނުންގެ ދައުރަކީ މިވަގުތު ވަރަށް މުހިންމު ވެފައިވާ އެއްޗެކެވެ. ރަށުގެ ތަރައްގީއަށް، ރަށުގައި ތިބި ޒުވާނުން އަޑުއުފުލައި މަސައްކަތްތަކެއް ކުރުމަކީ މިރަށް މިއޮތް އަޑިގަނޑުން އަރައިގަތުމުގެ އަސްލަކަށް ވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355