ދުފުމުން ޖެހޭ ނުރައްކާތެރި ބައްޔެއް, ކެންސަރަށް މަގުފަހިވޭ!

އިހުސާނާ އާދަމް - 1 އަހަރު ކުރިން - 8 ޖަނަވަރީ 2018އޯރަލް ސަބްމިއުކަސް ފައިބްރޯސިސް އަކީ ދިގުމުއްދަތަކަށް ދެމިގެންދާ، އަނގައިގެ އެތެރެއަށް ދިމާވާ ވަރަށް ނުރައްކާތެރި މައްސަލައެކެވެ.

އޯރަލް ސަބްމިއުކަސް ފައިބްރޯސިސްގެ ސަބަބުން ކެންސަރު ޖެހުމަށް މަގުފަހިވެއެވެ. މިބަލި އާންމުކޮށް ޖެހެނީ ފެންފޯއް، ބިލެއް އަދި ދުންފަތް ލައިގެން ދުފުމުގެ އާދަ ހަރުލައިފައި ހުންނަ މީހުންނަށެވެ. ސްޕާރީ ކެއުމަކީ ވެސް ހަމަ މިއާ އެއްފަދަ ކަމެކެވެ. ނުވަތަ ފޯއް ބޭނުންކުރާ މިންވަރު އިތުރު ވުމުންނެވެ.

އޯރަލް ސަބްމިއުކަސް ފައިބްރޯސިސްގެ އަލާމާތްތައް:

މިބަލި ޖެހުމުން ދަތްދޮޅީގެ ކަށިގަނޑު ގާވެ އަނގަ ބޮޑަށް ހުޅުވަން އުނދަގުވެއެވެ. އަނގަ ހިކި އަނގައިގެ އެތެރޭގައި ފާރުކޮޅުކޮޅު އުފެދެއެވެ. އަދި ކުޑަދޫ ކުޑަވެ، ތުންފަތް ތުނިވާގޮތް މެދުވެރިވެއެވެ. މިއީ ވަރަށް ވޭން ހުރި ބައްޔެކެވެ.

މިބަލިން ދުރުވުމަށް ކުރެވިދާނެ ކަންތައްތައް:

ފޯއް ލައިގެން ދުފުން ހުއްޓާލުން އެއީ ވަރަށް މުހިންމު ކަމެކެވެ. މިބަލި ޖެހިފައިވާ މީހުން ކުޅިކޮށް ކެއުމާއި ދުރުވާން ޖެހެއެވެ. އަނގަތެރެ ސާފުކޮށް ބަލަހައްޓާ، ހަފައިގެން ކެވޭ، މިސާލަކަށް ޗުއިންގަމް އަދި ބޫމާ ފަދަ ތަކެތި ކެއުމުން މިބަލިން ދުރުވުމަށް އެހީވެދެއެވެ.


ގުޅުން ހުރި ލިޔުންތައް