twitterviber whatsapp telegramfacebookyoutube instagram
18th April 2024

މަތި އުތުރު ޕްރޮވިންސްގެ ހަތްރަށެއްގައި ސަރުކާރުގެ ސަބްސިޑީއާއެކު ކޮމިއުނިޓީ ފާމަސީ ހިންގުމުގެ ފުރުސަތު ހުޅުވާލައިފި

Mar 11, 2011

މަތި އުތުރު ޕްރޮވިންސްގެ ހަތްރަށެއްގައި ސަރުކާރުގެ ސަބްސިޑީއާއެކު ކޮމިއުނިޓީ ފާމަސީ ހިންގުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން އަޕަރ ނޯތު ހެލްތު ސަރވިސަސް ކޯޕަރޭޝަނުން ނެރުނު އިއުލާނުގައި ވަނީ، ހއ. އަތޮޅުން މާރަންދޫ، މުޅަދޫ، މުރައިދޫ، އަދި ހދ. އަތޮޅުން ކުރިނބި، ފިނޭ، ނައިވާދޫގެ އިތުރުން ށ. އަތޮޅު މަރޮށީގައި ފާމަސީ ހިންގަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައެވެ.

މިގޮތުން ފާމަސީ ހިންގުމަށް ހޮވޭ ކޮންޓްރެކްޓަރުންނާއެކު 6 މަސް ދުވަހުގެ އެގްރިމެންޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.  އަދި ސަރުކާރުން ދޭ ސަބްސިޑީގެ ގޮތުގައި 1 މަސް ދުވަހުގެ ބޭސް ސްޓޮކަކާއި ފާމަސީ ފަށައިގަތުމަށް 15000 ރުފިޔާގެ އެހީއަކާއި ފާމަސިސްޓެއްގެ ގޮތުގައި ގެންގުޅޭ ފަރާތަށް ދެވޭ މުސާރައަށް ލުއިކޮށްދިނުމުގެ ގޮތުން 6 މަސް ވަންދެން ކޮންމެ މަހަކު 1000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާކަމަށް 1 މާރޗްގައި ރަސްމީގޮތުން މަސައްކަތް ފެށި މަތި އުތުރު ހެލްތު ކޯޕަރޭޝަންގެ އިއުލާނުގައި ވެއެވެ.

މިއީ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ އިން ކުރިއަށް ގެންދަވާ އިންޓަގްރޭޓެއް ހިއުމަން ޑެވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އަތޮޅު ތަކުގައިވާ ރަށްތަކުގެ ތެރެއިން ހާއްސަކޮށް 1000 ދަށުގެ އާބާދީ ހިމެނޭ ރަށްރަށުގައި ރައްޔިތުންނަށް ބޭނުންވާ ބޭސް ފޯރު ކޮށްދިނުމަށް ފާމަސީތަކެއް ގާއިމު ކުރުމަށް ހިންގޭ ޕްރޮގްރާމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355