twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ލެބޯޓަރީގެ ބައެއް ޓެސްޓްތައް ހުއްޓިފައި !

Jan 16, 2018

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލެބޯޓަރީއަށް ބޭނުންވާ ބައެއް ކެމިކަލް ގެނައުން ލަސްވެ، ބައެއް ޓެސްޓްތައް މެދުކެނޑިއްޖެ އެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓާ، ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އާއި ދިވެއްސެއް ކަމަށްވާ އަލީ އުސެއިދު 20 ޕަސެންޓް ހިއްސާ އޮންނަ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައިއާ) ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. އެ ކުންފުނީގެ ދެ ހިއްސާދާރުންގެ މެދުގައި އުފެދުނު މައްސަލަތަކާ ހެދި އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގުމުން، ހެލްތު މިނިސްޓްރީން ވަނީ ވަގުތީ ގޮތުން ހަވާލުވެފަ އެވެ.

ހެލްތް މިނިސްޓްރީން ހަވާލުވުމަށްފަހު ކުޅުދުއްފުށީ ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުން ފޮނުވުމުގެ މަސައްކަތް ފެށި އެވެ. އަދި މިހާރު ކުރިއެކޭ އެއްގޮތަށް ގިނަ ދާއިރާތަކަކުން ޑޮކްޓަރުން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރީ – އެޖެންޓްސް (ލެބޯޓަރީ ޓެސްޓް ހެދުމަށް ބޭނުންވާ ބައެއް ކެމިކަލްސް) ނުގެނެވުމުން ހޮސްޕިޓަލުގެ ލެބޯޓަރީ ދެމުން އައި ބައެއް ޓެސްޓްތައް ވަނީ މެދުކެނޑި، ހުއްޓުމަކަށް އައިސްފަ އެވެ. އެކަން ފުރަތަމަ ދިމާވީ އެންއައިއައި އިން ހަވާލުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެވެ.

ކޭއޯއަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވަނީ ހޮސްޕިޓަލުގައި ލެބޯޓަރީގައި ކުރިން ހަދަމުން ދިޔަ ބައެއް ޓެސްޓްތައް މެދުކެނޑިފައިވާ މަސްތަކެއްވެފައިވާ ކަމަށެވެ. އެގޮތުން ޓައިރޮއިޑްގެ އެއްވެސް ޓެސްޓެއް މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލަކުން ނުހެދެ އެވެ. އަދި ކުރިން އެދެމުންދިޔަ ކިޑްނީގެ ބައެއް ޓެސްޓްތަކާއި ފުރަމޭގެ ބައެއް ޓެސްޓްތައްވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ. ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލަކީ ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހުންނަ މައި ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355