twitterviber whatsapp telegramfacebookyoutube instagram
18th April 2026

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ

Jan 16, 2018

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބުރާހިމް މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.

ޕީޕީއެމް އޮފިޝަލަކު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެކަމަނާގެ މިދަތުރުފުޅުގައި ކުޅުދުއްފުށީގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ބައްދަލުކުރައްވާނެ އެވެ. އަދި ރައްޔިތުންނާވެސް ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެ އެެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއެކު ވަރަށް ގާތް ގުޅުމެއް ބާއްވާ ފަރާތެއްގެ ގޮތުގަ އެވެ. މިއީ އެކަމަނާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355