twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއު މާރޗްމަހުގެ ތެރޭގައި ނިމޭނެ: އެމްއާރުޑީސީ

Jan 17, 2018

ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގެ އަށާރަ މަގެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ހަތް މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައެވެ. އެހެންނަމަވެސް ޕޭވްމެންޓް ހަދާ އެއްކޮށް ފުރިހަމަ ވެފައިވަނީ ދެ މަގެއްގައެވެ.

ކުޅުދުއްފުށީގެ މަގުތައް ހަދާތާ 7 އަހަރު ވެފައިވާއިރު މަގުހެދުމުގެ މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރެވޭ ތަފާތު ތާރީހުތަށް ވަނީ މީގެ ކުރިންވެސް ދެވިފައެވެ. އަދި މަގުތައް ނުނިމި ގިނަ ދުވަސް ތަކެއް ވުމުގެ ސަބަބުން ރައްޔިތުންނަށް ވަނީ ތަފާތު އުނދަގޫ ތަކަކާއި ކުރިމަތިލާންޖެހިފަ އެވެ.

ބޮޑެތި ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ގިނަ ރަށްތަކެއްގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު އޭގެތެރޭގައި ހިމެނޭ ބޮޑެތި ރަށްރަށުގެ މަގުހެދުމުގެ މަސައްކަތް އެއްވެސް ރަށެއްގައި އެއްކޮށް ނިމިފައެއް ނުވެއެވެ.

ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އެމްއާރުޑީސީގެ ކުޅުދުއްފުށީ ސައިޓް މެނޭޖަރ މުޙައްމަދު ހަސަން ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު އަންނަ މާރޗްމަހުގެ މެދުތެރޭގައި މި މަޝްރޫއުގެ ދަށުން ތާރު އެޅުމަށް ހަމަޖެހިފައިވާ ހުރިހާ މަގެއްގައި ތާރުއަޅާ ނިންމާލެވޭނެ ކަމަށެވެ.

މުޙައްމަދު ހަސަން ވިދާޅުވީ މަގުތަކާ ގުޅޭގޮތުން ރައްޔިތުންދޭ ޚިޔާލުތަށްވެސް އެކުންފުނިން ބަލައިގަންނަ ކަމަށެވެ. ބާރަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢުގެ ދަށުން ފަހެއް ޕޮއިންޓް އަށެއް ކިލޯމީޓަރުގައި ތާރުއެޅުމަށް ހަމަޖެހިފައިވާކަމަށް އެމްއާރްޑީސީން މަޢުލޫމާތުދެއެވެ.

ކުޅުދުއްފުށީގެ ރައްޔިތުން މިއަދު ތިބީ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދި، އެ މަގު ތަކުގެ ބޭނުން ހިފޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355