twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މެޑަމް 1500ރ ގެ އެހީއެއް ދީފި

Jan 17, 2018

ކުޅުދުއްފުށީގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެފަރާތްތަކުގެ ބެލެނިވެރިންނަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ފާތުމަތު އިބުރާހިމް ފައިސާގެ އެހީއެއް ދީފި އެވެ. މެޑަމް ދެއްވީ ހުދު ސިޓީގައި ވަނީ 1500ރ ގެ އެހީ އެކެވެ.

މިކަމަށްޓަކާ މިއަދު ހަވީރު އަފީފުއްދީން ސްކޫލުގައި އޮތް ހާއްސަ ބައްދަލުކޮށްލެވުމުގައި ހާއްސަ އެހީއަށް ބޭނުންވާ ގިނަ އަދަދެއްގެ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާގެ މީހުން ތިއްބެވެ. މެޑަމް ވަނީ އެހުރިހާ ފަރާތްތަކާ ބައްދަލުކުރައްވައި ސަލާމްކޮށް ހާލު ބައްލަވާލައްވާފަ އެވެ. ސަލާމްކޮށް ނިންމުމުން މެޑަމް ވަޑައިގަތީ އެސްކޫލުގެ އޮފީހުގައި އޮތް ބައްދަލުވުމަކަށެވެ.

މެޑަމް ފާތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދެއްވި ފައިސާގެ އެހީތެރިކަން އެފަރާތްތަކާ ހަވާލުކުރުމުގައި ހަރަކާތްތެރިވަނީ–

މެޑަމް ހޯލް ނިކުމެ ވަޑައިގަތް ފަހު ފައިސާގެ ސިޓީ އުރަ ބެހުމުގައި ހަރަކާތްތެރިވެފައިވަނީ މެޑަމް އޮފީހުގެ މުވައްޒަފުންނެވެ. އަދި އެތަނުގައި އާސަންދަ އާއި އެންސްޕާގެ މުވައްޒަފުންވެސް ހަރަކާތްތެރިވި އެވެ. އެތަނަށް ގޮސް ތިބި ހާއްސަ އެހީއަށް ބޭނުންވާ ކޮންމެ ފަރާތްތަކަށާއި އެފަރާތްތަކުންގެ ބެލެނިވެރިންނަށްވެސް ފައިސާގެ ސިޓީ އުރަދީފަ އެވެ.

އެތަނަށް ދިޔަ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމައަކު ބުނީ އެކަމަަނާގެ ފަރާތުން އެހީތެރިކަމެއް ލިބުމުން ވަރަށް އުފާކުރި ކަމަށެވެ. މިއިން ޒަމަނާކުވެސް އެފަދަ އެހީތެރިކަމެއް ލިބިފައިނުވާކަމަށް އެމީހާ ބުންޏެވެ.

މެޑަމް ފާތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދެއްވި ފައިސާގެ އެހީގައި ހިފައިގެން–

އެހެން ބެލެނިވެރިޔަކު ބުނީ ފައިސާގެ މިފަދަ އެހީއެއް މީގެ ކުރިން ނުލިބޭ ކަމަށާއި މިފަދަ އެހީ އެއް ލިބުމުން މެޑަމް ފާތުންނަށް ޝުކުރުއަދާކުރައްވައި ކަމަށެވެ.

ސަލާމްކޮށް ނިންމާލުމަށް ބައްދަލުނުކޮށް މެޑަމް އެތަނުން ވަޑައިގަތުން ބައެއް ފަރާތްތަކުންވަނީ ހިތްހަމަނުޖެހިފަ އެވެ. ” އަހަރެން މިތަނަށް އައިސް މިހުރީ މެޑަމްއާ ބައްދަލުވޭތޯ. އެކަމަކު ސަލާމްކޮށް ނިންމާލާފަ އެ ވަޑައިގަތީ.” އެތަނަށް ގޮސް ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެއް ބެލެނިވެރިޔަކު ބުންޏެވެ.

ހާއްސަ އެހީއަށް ބޭނުންވާ 113 ފަރާތެއް ކުޅުދުއްފުށިން އެންސްޕާގައި ރަޖިސްޓަރކޮށްފަވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެކަމަނާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މެޑަމް ފާތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދެއްވި ފައިސާގެ އެހީތެރިކަން އެފަރާތްތަކާ ހަވާލުކުރުމުގައި ހަރަކާތްތެރިވަނީ–

މާދަމާ ކުޅުދުއްފުށީ ހޮސްޕިޓަލަށް އެކަމަނާ ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު އިސް ރަށްވެހިންނާއި ޒުވާނުންނާވެސް މާދަމާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އެކަމަނާ ކުޅުދުއްފުއްޓަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ. .

މިދަތުރުފުޅުގައި ކުޅުދުއްފުށީގެ އިތުރުން ނޮޅިވަރަންފަރާއި ނޮޅިވަރަމްއަށްވެސް ވަނީ އެކަމަނާ ވަޑައިގަތުމަށް ހަމަޖެހިފަ އެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355