twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޖަލާލުއްދީން ސްކޫލް އޭލެވެލްއަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

Jan 18, 2018

މިއަހަރު ފެބްރުއަރީ ގައި ފަށާ އޭލެވެލް ކްލާސްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ޖަލާލުއްދީން ސްކޫލުން ހުޅުވާލައިިފި އެވެ.

އޭލެވެލް ކުލާސްތަކަށް ވަންނަން އެދޭ ފޯމް ޖަލާލުއްދީން ސްކޫލުން މިހާރު ދޫކުރަން ފަށާފައި ވާއިރު މިމަހު 28 ގެ ނިޔަލަށް ފޯމް ލެވޭނެ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.

މި އަހަރު އޭލެވެލްގެ ކްރައިޓީރިއާއަށް ބޮޑު ބަދަލެއް ވަނީ ގެނެސްފަ އެވެ. އެގޮތުން 3 ސްޓީމަކުން ކުދިން ނެގުމަށްވަނީ ހަމަޖެހިފަ އެވެ.

ބިޒްނަސް ސްޓްރީމް- ކްރައިޓީރިއާ

– އެސްއެސްސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުމާއެކު ޖީސީއީ އޯލެވެލް / އައިޖީސީއެސްއީ މާއްދާތަކުގެ ތެރެއިން ބިޒްނަސް ސްޓަޑީޒް/ކޮމާސް، އެކައުންޓް، އިކޮނޮމިކްސް މި 3 މާއްދާގެ ތެރެއިން 2 މާއްދާ ފާސްވެފައިވުމާއިއެކު ޖީސީއީ އޯލެވެލް / އައިޖީސީއެސްއީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައިވުން

ސައިންސް ސްޓްރީމް- ކްރައިޓީރިއާ

– އެސްއެސްސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުމާއެކު ޖީސީއީ އޯލެވެލް / އައިޖީސީއެސްއީ މާއްދާތަކުގެ ތެރެއިން ފިޒިކްސް، ކެމިސްޓްރީ، ބައެލޮޖީ މި 3 މާއްދާގެ ތެރެއިން 2 މާއްދާއިން ފާސްވެފައިވުމާއެކު ޖީސީއީ އޯލެވެލް / އައިޖީސީއެސްއީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައިވުން.

ބީޓެކް ސްޓްރީމް- ކްރައިޓީރިއާ

– ބީޓެކް އޯލެވެލް އިން ދަށްވެގެން “ޕާސް” ލިބިފައިވުން ނުވަތަ

– އެސްއެސްސީ، ޖީސީއީ އޯލެވެލް/ އައިޖީސީއެސްއީ އިމްތިހާނުން ކޮންމެވެސް 4 މާއްދާއަކުން ފާސްވެފައިވުން ނުވަތަ

– ދަސްވާރު ލެވެލް 3 ގެ ފާހެއް ލިބިފައިވުމާއެކު އެސްއެސްސީ، ޖީސީއީ އޯލެވެލް/ އައިޖީސީއެސްއީ މާއްދާތަކުގެ ތެރެއިން 1 މާއްދާއިން ފާސްވެފައިވުން

މާއްދާތަކުން ފާސްވެފައި ކަމަށް ބެލޭވޭނީ “ސީ” އަށް ވުރެ މަތިން ފާސް ވެގެން ނެވެ.

ޖަލާލުއްދީން އުވައެއް ނުލާނެ،ބަދަލާއެކު ތައުލީމީ އާ ފުރުސަތުތަކެއް ފަހިވެގެންދާނެ: އެޑިއުކޭޝަން

އިތުރު ޝަރުތުގެ ތެރޭގައި 2016 އޮކްޓޯބަރ/ ނޮވެމްބަރ ގައި ނުވަތަ އޭގެފަހުން ޖީސީއީ އޯލެވެލް އާއި އެސްއެސްއީ އިމްތިހާން ހަދާފައިވުމާއި ދިވެހި ރައްޖޭގެ ގާނޫނު ގަވައިދާ ހިލާފުވެފައިވާ ނުވަތަ ޝަރުއީ މައްސަލައެއްގައި ހުކުމެއް އިއްވާފައިވާ ކުއްޖެއްކަމުގައި ނުވުމުގެ އިތުރުން މި އަަހަރު މާރޗް މަހުގެ 1 އަށް 19 އަހަރު ފުރިފައި ނުވުން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355