twitterviber whatsapp telegramfacebookyoutube instagram
24th April 2024

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ އޯޕަން ޑޭ މާދަމާ!

Jan 18, 2018

ފާއިތުވެ ދިޔަ ދެ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް 19 ޖެނުއަރީ 2018 ވާ ހުކުރު ދުވަހު ހަވީރު 3:30 ން 6:00 ށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ އޯޕަންޑޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތް ކުރިއަށް ދާނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ގޯތިތެރެއާއި ކުލާސްތަކުގައެވެ. އެހެން އަހަރުތަކުގައި ދެ ދަންފަޅިއަކަށް ކުރިއަށް ގެންދިޔަ މި ހަރަކާތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އެންމެ ދަންފަޅިއެއްގަ އެވެ.

އޯޕަން ޑޭގެ މަގުސަދަކީ މަތީ ސާނަވީ މަރުހަލާގައި ދަރިވަރުން ކިޔަވާ މާއްދާތަކާއި އެ މާއްދާތަކާ ގުޅިގެން ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ދަރިވަރުންނަށް ހާއްސަވެ ސްކޫލުގައި ހިންގޭ އިތުރު ހަރަކާތްތަކާ ގުޅޭ ގޮތުން ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ވިލާ ކޮލެޖުން މައުލޫމާތު ދެއެވެ.

އެގޮތުން ވަކިވަކި ސްޓްރީމްތަކާއި އެ ސްޓްރީމްތަކާ ގުޅިފައިވާ މާއްދާތަކާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ އެ މާއްދާތަކުގެ ސަބަބުން ދަރިވަރުންނަށް ހުރި ކުރިއެރުންތަކާ ބެހޭ ގޮތުން ވެސް އޮޅުންފިލުވައިދެވޭނެއެވެ. އަދި އެކި ދާއިރާތަކުން ކުރިއަށް ދާން ގަސްދުކުރާ ދަރިވަރުން ކިޔަވަންޖެހޭނެ މާއްދާތަކަކީ ކޮބައިކަމާމެދު އިރުޝާދުދެވޭނެއެވެ.

މީގެއިތުރުން އިތުރު ހަރަކާތްތަކުގެ ތެރޭގައި ދަރިވަރުންނަށް ހުރި ފުރުސަތުތައް ހާމަކޮށްދީ އެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ދަރިވަރުންގެ އުނގެނުމާއި އުޅުމާއި ގުޅުމަށް ލިބިގެންދާނެ ފަހިކަން އަންގައިދެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355