twitterviber whatsapp telegramfacebookyoutube instagram
25th July 2025

މޫސާ އަލީ އަވަހާރަވެއްޖެ

Jan 21, 2018

ކުޅުދުއްފުއްޓަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި، ހދ ކުޅުދުއްފުށީ، އެލްޕާސޯ / މޫސާ އަލީ އަވަހާރަވެއްޖެ އެވެ. އޭނާ އަވަހާރަވީ މިއަދު ހެނދުނު ވަގުތެއްގައި އައިޖީއެމްއެޗްގައި، އުމުރުފުޅުން 79 އަހަރުފުޅުގައި އެވެ.

އުތުރުގެ ރަށްތަކުގައި އަސާސީ ތައުލީމް ފޯރުކޮށްދިނުމުގައި މޫސާ އަލީ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައި އަދި ކުޅުދުއްފުށީ ކަތީބުކަން ގިނަ އަހަރުތަކެއް ވަންދެން އަދާކުރައްވާފައިވެ އެވެ.

މޫސާ އަލީ ފާހަގަކުރެވިފައިވަނީ ގިނަ ރައްޔިތުންގެ ލޯއެއްބާ އިހްތިރާމް ހޯދާފައިވާ ބޭފުޅެއްގެ ގޮތުގައި އެވެ.

މޫސާ އަލީގެ ހަޔާތުގެ އެންމެ ފަހު ދުވަހާ ޖެހެންދެންވެސް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވެ އެވެ. އެގޮތުން ކަށުކަމާކެމީގެ ކަންތައްތަކުގައި އާއި ހުކުރު ޙުތުބާ ވިދާޅުވުމުގައި ހިލޭ ސާބަހަށް ހިދުމަތްކުރައްވާފައިވެ އެވެ.

މުސާ އަލީ ރޭގެ ވަގުތެއްގެ އަވަހާރަވެފައިވާއިރު އެބޭފުޅާގެ އަނބިކަނބަލުންނާއި ބޮޑުދައްތަ، އަވަހާރަވެފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެ ދެ ބޭފުޅުންގެ މައްޗަށް އިމާމުވެ ކަށުނަމާދުކޮށްދެއްވީވެސް މޫސާ އަލީ އެވެ.

މުސާ އަލީގެ މައްޗަށް ކުރެވޭ ކަށުނަމަދު މިއަދު އަސުރު ނަމާދަށް ފަހު ފުރުގާނު މިސްކިތުގައި އޮންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355