twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބައްޕަގެ ފުއްޕާމޭގެ ކެންސަރަށް އެހީއެއް ހޯދުމަށް ދަރިޔަކު ކުރާ އާދޭސް !

Jan 22, 2018

“އަޅުގަނޑުގެ ބައްޕަޔަށް ވަނީ ފުއްޕާމޭގެ ކެންސަރު ޖެހިފަ. ބައްޕަގެ ބައްޔަށް ފަރުވާކުރުމަށް އެންމެހާ ރައްޔިތުންގެ އަރިހުން އާދޭސްކޮށް ސަލާމް ޖަަހަން” ނަސްވާގެ ވާހަކަ އެންމެ ފުރަތަމަވެސް ފެށުނީ މިހެންނެވެ.

ތ. ތިމަރަފުއްޓަށް އުފަން އާމިނަތު ނަސްވާއަކީ އޭނާގެ ބައްޕަގެ ބައްޔަށް ފަރުވާ ހޯދުމަށް މަަސައްކަތް ކުރަމުން އަންނަ ހިތްވަރު ގަދަ އަންހެން ދަރިއެކެވެ. އަމިއްލަ 7 ދަރިންގެ އިތުރުން އެއްބަނޑު އެންމެ ހަގު ކޮއްކޮ ވެސް ބަަލަމުން އަންނަ ނަސްވާ ދިރިއުޅެމުން ދަނީ ފިރިމީހާގެ ރަށް ލ ފޮނަދޫގަ އެވެ.

ނަސްވާގެ ބައްޕަ އަބްދުލްމަޖީދު މާހިރު (59) އަށް ކެންސަރު ޖެހުނުކަން އެނގުމުން ބައްޕަގެ ހުރިހާ ކަމެއްގެ ޒިންމާއެއް ނެގީ ނަސްވާއެެވެ. ފިރިމީހާއާށް ލިބޭ ކުޑަ މުސާރައިން ހުރިހާ ހަރަދެއް ހަމަ ނުޖެއްސޭއިރު އާއިލާގެ އެންމެ ދޮށީ ދަރިފުޅުގެ ހައިސިއްޔަތުން އެކަމުގައި ބައްޕަގެ ބެލެހެއްޓުމުގެ ޒިންމާ ނެގީއެވެ.

އެގޮތުން ބައްޕައަށް ފަރުވާކުރުމަށް ފައިސާ ހޯދުމަށް ލ ފޮނަދޫ ގޭގެއަށް ހިނގައިގެން އެކި ފަރާތްތަކުން އެހީ ލިބުނު ކަމަށް ނަސްވާ ކިޔައިދިނެވެ. އެގޮތުން މީގެ ކުރިން ދީލަތި ފަރާތްތަކުން ދެއްވާފައިވާ އެހީގައި މާލެ ގޮސް ހެދި ޓެސްޓްތަކުން އެގުނީ ބައްޕަ ހުރީ 4 ވަނަ ސްޓޭޖްގެ ކަމަށެވެ.

” މާލެއިން ކީމޯ ދީފަ ބައްޕަގެ ކައުންޓް ދަށްވާތީ މަޑު ޖައްސާލީ. އެއީ ޑޮކްޓަރުން ބުނެގެން ލޭވެސް އެޅިން ކީމޯ ހަދަމުން ދިޔަ ދުވަސްވަރު. ދެން ހާލަތު ވަރަށް ދަށްވާ ފަހަރުވެސް އާދޭ. އަޅުގަނޑުގެ އެދުމަށް އިންޑިޔާއަށް ފޮނުވައިދިން. އިންޑިޔާއިން ހެދި ޓެސްޓުން އެގުނީ ބައްޕަ ހުރީ 3 ވަަނަ ސްޓޭޖްކަން. ފުއްޕާމޭގެ އޮޕަރޭޝަންކުރެވޭނެ ކަން” ނަސްވާ ކިޔައިދިނެވެ.

އެހެންނަމަވެސް މިއީ ބޮޑު ހަރަދެއް ހިނގާނެ ކަަމަކަށް ވާތީއާއި އާސަންދައިން ނުލިބޭ އެތައް ބޭހެއް ގަންނަން ޖެހުމާއެކު ދެން އިންޑިޔާއަށް ދާން ޖެހޭނީ އަމިއްލަ ހަރަދުގައި ކަމަށްވެސް އާސަންދައިން ބުނެފައިވާ ކަމަށް ނަސްވާ ބުންޏެވެ.

އެގޮތުން މަދުން ވެގެން އަށްހާސް ޑޮލަރު ބޭނުންވާ ކަމަށާއި މިހާތަނަށް އެކި ފަރާތްތަކުގެ އެހީން ލިބިފައިވަނީ ފަނަރަސަތޭކަ ޑޮލަރު ކަމަށްވެސް ނަސްވާ ބުންޏެވެ. އޮޕަރޭޝަން ކުރުމަށްޓަކައި މަދުވެގެން 6 މަސް ދުވަހު އިންޑިއާގައި މަޑުކުރަންޖެހޭ ކަމަށާއި އެއީ އޮޕަރޭޝަނަށް ފަހު ކިމޯ ދީ އިތުރު ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން އަންގާފައިވާތީ އެވެ.

މިކަމަށްޓަކައި އެންމެހަ ބޭފުޅުންގެ ދީތަލި އެހީ ވަނީ އެއާއިލާއަށް ނުހަނު ބޭނުންވެފައެވެ. މީގެން ކުރިން ބައްޕަގެ ފަރުވާއަށް އެހީވިފަދައިން ފަރުވާ މެދުކަނޑާ ނުލައި ކުރިއަށް ގެންދިއުމަށް ފައިސާގެ އެހީ ވެދެއްވުން އެއީ ނަސްވާގެ ވަރަށްބޮޑު އެދުމެކެވެ.

މާހިރުއަށް އެހީ ވެދެއްވަން ބޭނުންވާ ފަރާތްތަކުން 7730000133664 އެކައުންޓަށް ފައިސާ ފޮނުއްވޭނެއެވެ. އަދި އާއިލާއަށް އެހީ ވެދޭން ބޭނުންވާ ފަރާތްތަކުން 9968215 ނަންބަރަށް ގުޅޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355