twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޖަލާލުއްދީން ސްކޫލް: ކޮލެޖަކަށްވުމުގެ މަލަމަތި، އޭލެވަލްގެ އާ ޕްރޮގުރާމްތަކެއް ފަށަނީ

Jan 21, 2018

ޖަލާލުއްދީން ސްކޫލަކީ މަތީ ސާނަވީއަށް ހާއްސަ ސްކޫލެއްގެގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ކަނޑައަޅާ ނިންމާފަ އެވެ. އަދި އެކަން ތަންފީޒުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފަ އެވެ.

އެގޮތުން މިއަހަރު ގުރޭޑް އަށަކަށް ކިޔަވާދިނުން ވަނީ އެސްކޫލުގައި ހުއްޓާލާފަ އެވެ. އެއާއެކު މަތީ ސާނަވީއަށް ކިޔެވުމުގެ އިތުރު އާ ފުރުސަތުތަކެއް ވަނީ ހުޅުވާލާފަ އެވެ.

ޖަލާލުއްދީން ސްކޫލު ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު މުހައްމަދު މިއަދު ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ ތަސައްވުރާ އެއްގޮތަށް ހަމައެކަނި މަތީ ސާނަވީއަށް ހާއްސަ ސްކޫލަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އޭލެވެލްއަށް ހާއްސަ ވެގެންދާއިރު ތައުލީމާއި ތަމްރީންގެ މުޅިން އާ ޕްރޮގުރާމްތަކެއް ފެށިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ބީޓެކް އޭލެވެލް ހަދަން ވަރަށް ގިނަ ދަރިވަރުން މިހާރުވެސް ބޭނުންވާކަން ފާހަގަކުރައްވަމުން އައިމިނަތު ވިދާޅުވީ އެކަމާ ގުޅިގެން ވާން ޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުންދާކަމަށެވެ. އެގޮތުން ބީޓެކް އޭލެވެލްގެ މުޅިން އާ ތިން ކޯހެއް ހިންގުމުގެ ހުއްދަށް ލިބިފައިވާއިރު އިތުރު ކޯހެއް ހިންގުމުގެ ހުއްދައަށް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ބީޓެކް އޭލެވެލްއިން މިއަހަރު މިހާތަނަށް ހިންގުމުގެ ހުއްދަ ލިބިފައިވާ ތިން ކޯހަކީ، ޓްރެވަލް އެންޑް ޓޫރިޒަމް އާއި ބީޓެކް ބިޒްނަސް އަދި ބީޓެކްގެ ހޮސްޕިޓާލިޓީ އެވެ. ބީޓެކްގެ އެޕްލައިޑް ސައިންސް ކޯސް ހިންގުމުގެ ހުއްދައަށް އެދިފައިވާއިރު ދެ ތިން ދުވަހުގެ ތެރޭގައި ޖަވާބެއް ދެއްވާނެކަމަށް މިނިސްޓްރީން ވިދާޅުވެފައިވާ ކަމަށް އައިމިނަތު ވިދާޅުވި އެވެ.

ޖަލާލުއްދީން ސްކޫލް އޭލެވެލްއަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު ވިދާޅުވީ ފުރަތަމަ މަސައްކަތް ކުރަނީ ބީޓެކް އޯލެވެލް ފަށައިގަނެ އެ ޕްރޮގުރާމް އިތުރަށް ފުޅާކުރެވޭ ތޯ ކަމަށާއި ދެން މިނިސްޓްރީގެ ވިސްނުން ހުރީ އެހެން ކަހަލަ އޮކޭޝަނަލް ކޯސްތައް ހިންގުމަށް ކަމަށެވެ. އެގޮތުން ޓިވެޓް ކޯސްތައް ހިންގުމުގެ ވިސްނުންވެސް މިނިސްޓްރީން ގެންގުޅޭކަމަށް އޭނާ ވިދާޅުވި އެވެ.އަދި ދަސްވާރު އިތުރަށް ފުޅާކޮށް، އޭގެ މަތީ ސެޓްފިކެޓްގެ ކޯސް ހިންގުމުގެ ވިސްނުންވެސް ގެންގުޅޭކަމަށެވެ.

އައިމިނަތު ވިދާޅުވީ މިނިސްޓްރީގެ ވިސްނުން ހުރީ ޖަލާލުއްދީން ސްކޫލު، މިނީ ކޮލެޖެއްގެ މޮޑެލްއަކަށް ކުރިއަށްގެންދިއުން ކަމަށާއި އެގޮތަށް ކުރިއަށްގެންދާނީ ހުނަރުވެރި ދަރިވަރުންވެސް ހިމަނައި އެދަރިވަރުންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދީގެން ކަމަށެވެ.

ޖަލާލުއްދީން އުވައެއް ނުލާނެ،ބަދަލާއެކު ތައުލީމީ އާ ފުރުސަތުތަކެއް ފަހިވެގެންދާނެ: އެޑިއުކޭޝަން

ޖަލާލުއްދީން ސްކޫލުގެ މަތީ ސާނަވީއަށް އިތުރުވެގެންމިދާ ޕްރޮގުރާމްތަކުގައި ހުރި ފުރުސަތުތަކުގެ ބޭނުން އުތުރުގެ ދަރިވަރުން ހިފުމަށް އޭނާ އެދިލެއްވި އެވެ. ދެ އަހަރު ދުވަހަށް ހިންގާ އެ ކޯސްތަކުގެ ސަބަބުން ޔުނިވާސިޓީތަކަށް ވަންނައިރު އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އެ ޕްރޮގުރާމްތަކުގެ ތެރެއިން ތަމްރީނާއި ތަޖުރިބާ ލިބި ދަރިވަރުންނަށް ވަޒީފާގެ އަމަލީ މައިދާނުގައި މަސައްކަތްކުރުމުގެ ހުނަރު ލިބިގެންދާނެކަމަށް އައިމިނަތު ފާހަގަކުރެއްވި އެވެ.

މިހާރު ވަނީ ޖަލާލުއްދީން ސްކޫލުގެ އޭލެވަލްއަށް ވަނުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355