twitterviber whatsapp telegramfacebookyoutube instagram
18th February 2026

ޖަލާލުއްދީން ސްކޫލުގައި ހުރި އޭލެވެލްގެ އާ ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ދެނީ

Jan 22, 2018

ޖަލާލުއްދީން ސްކޫލުގެ މަތީ ސަނާވީގައި ހުރި އާ ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މާދަމާ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖައްސައިފި އެެވެ.

މަތީ ސާނަވީއަށް ހާއްސަ ސްކޫލަކަށް ބަދަލުކުރުމުން އެ ސްކޫލުގައި މިއަހަރު ތައުލީމާއި ތަމްރީންގެ އާ ފުރުސަތުތަކެއް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން އޭލެވަލް ބީޓެކާއި އިތުރު ޕްރޮގުރާމުތަކެއް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.

ޖަލާލުއްދީން ސްކޫލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން، ސްކޫލުގައި ހުރި އޭލެވެލް އާ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނަނީ މިމަހު 23 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ޖަލާލުއްދީން ސްކޫލް ހޯލްގައި އެވެ.

ޖަލާލުއްދީން ސްކޫލް: ކޮލެޖަކަށްވުމުގެ މަލަމަތި، އޭލެވަލްގެ އާ ޕްރޮގުރާމްތަކެއް ފަށަނީ

ޖަލާލުއްދީން ސްކޫލުގައި އޭލެވެލް ކިޔެވުމަށް ޝައުގުވެރިވާ ހުރިހާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މިބައްދަލުވުމުގައި ބައިވެރިވުމަކީ ސްކޫލުގެ ވަރަށް ބޮޑު އެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355