twitterviber whatsapp telegramfacebookyoutube instagram
18th April 2026

ކުޅުދުއްފުށީގައި ސްކޫލް ބަހުގެ ހިދުމަތް ޖުލައި މަހުގެ ކުރިން ފަށާނަން: އެމްޕީއެލް

Jan 23, 2018

ކުޅުދުއްފުށީގައި ސްކޫލްބަހުގެ ހިދުމަތް އަންނަ ޖުލައި މަހުގެ ކުރިން ދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޑެޓް (އެމްޕީއެލުން) ބުނެފިއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ލަފާކުރެވޭ ގޮތުގައި ޖުލައި މަހުގެ ކުރިން ސްކޫލް ބަހުގެ ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.

ކުޅުދުއްފުށީގައި 4 ބަސް ބޭނުން ކުރުމަށް ހަމަޖެހިފައިވާއިރު އެއީ ފަންސަވީސް ގޮޑީގެ ބަސްތަކެއްކަމަށާއި ޕްލައިލެޓް ޕްރޮޖެކްޓެއް ގޮތުގައި ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތްދެވޭނެ ކަމަށާއި އިތުރަށް ރައްޔިތުންގެ ޑިމާންޑަށް ބަލާ އާންމުންނަށްވެސް ބަހުގެ ހިދުމަތް ފުޅާ ކުރެވޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ބަހުގެ ހިދުމަތް ދޭން އެމްޕީއެލް އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގަ އެވެ. ކުޅުދުއްފުއްޓާއި އެކު ލ. އތޮޅުގައި ވެސް ބަހުގެ ހިދުމަތް ދޭން އެމްޕީއެލްއާއި ހަވާލުކޮށްފައިވާއިރު އެ އަހަރު އޮކްޓޯބަހުގެ ތެރޭގައި ލ.އތޮޅުގައި ބަހުގެ ހިދުމަތް ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން 2016 ވަނަ އަހަރުވެސް ވަނީ ކުޅުދުއްފުށީގައި ބަހުގެ ހިދުމަތް ފެށުމަށް އިކޮނިމިކް މިނިސްޓްރީން އެމްޓީސީސީއާ ވެސް ހަވާލުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355