twitterviber whatsapp telegramfacebookyoutube instagram
26th May 2025

އަތޮޅުތެރޭގެ ފެނާއި ކަރަންޓުގެ އަގު މާލެއާ އެއްއަގަކަށް ހަދައިފި

Jan 23, 2018

މި އަހަރު މަރޗު މަހުން ފެށިގެން އަތޮޅުތެރޭގައި ކަރަންޓުގެ ހިދުމަތަށް ނަގާ އަގު މާލެއާއި އެއްވަރު ވާނެ ކަމަށާއި ފެނުގެ އަގު މިމަހުން ފެށިގެން ހެޔޮވާނެކަމަށް އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަދު އެ މިނިސްޓްރީގައި ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ކަރަންޓަށް އައި ބަދަލު ތަންފީޒް ކުރެވޭނީ އަންނަ މާރޗު މަހުން ފެށިގެން ކަމަށާއި އެގޮތުން އަތޮޅުތެރޭގެ 85 ޕަސަންޓު ރައްޔިތުންނަށް ކަރަންޓުގެ އަގު ހެޔޮވެގެން ދާނެ ކަމަށެވެ.

އެގޮތުން ކަރަންޓް ސުން ޔުނިޓާ 100 ޔުނިޓާ ދެމެދަށް މިހާރު ނަގާ 2.20 ރުފިޔާގެ ބަދަލުގައި ދެން ނަގާނީ 1.50 ރުފިޔާ އެވެ. 101 ޔުނިޓާ 300 ޔުނިޓާ ދޭތެރޭގެ އަގު، 2.75 .ރުފިޔާއިން 1.70 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. އަދި 201 ޔުުނިޓުން 300 ޔުނިޓާ ދޭތެރޭގެ އަގު 3.40 ރުފިޔާއިން 2.15 ރުފިޔާއަށް ވަނީ ކުޑަކޮށްފަ އެވެ. 301 ޔުނިޓުން 400 ޔުނިޓާއި ހަމައަށް ދެން ނަގާނީ 2.50 ރުފިޔާއެވެ.

މީގެ އިތުރުން ބޯފެނުގެ އަގު މާލެ އާއި އެއްވަރުކޮށްފައިވާއިރު ކުރިން އަތޮޅުތެރޭގައި ސުން ލީޓަރުން 100 ލީޓަރާ ހަމައަށް ނަގާ 66 ރުފިޔާގެ ބަދަލުގައި މިހާރު ނަގާނީ 22 ރުފިޔާ އެވެ. 101 ލީޓަރުން 200 ލީޓަރާ ހަމައަށް ކުރިން ނަގަމުން އައި 75 ރުފިޔާގެ ބަދަލުގައި ދެން ނަގާނީ 70 ރުފިޔާއެވެ. އަދި 200 ލީޓަރުން މައްޗަށް ކުރިން ނަގާ 100 ރުފިޔާގެ ބަދަލުގައި މިހާރު ދެން ނަގާނީ 95 ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355