twitterviber whatsapp telegramfacebookyoutube instagram
29th March 2024

ތަރައްގީގެ ގޮތުގައި ރައްޔިތުން ބަލައި ގަންނަނީ”ކޮންކުރީޓް ތަރައްގީ”: ހުސެއިން

Jan 23, 2018

ތަރައްގީގެ ގޮތުގައި ރައްޔިތުން ބަލައިގަންނަނީ ފެންނަ ހުންނަ ކޮންކުރިޓް ތަރައްގީ ކަމަށް ހދ އަތޮޅު ކައުންސިލްގެ ނޮޅިވަރަމް ދާއިރާގެ ކައުންސިލަރު ހުސެއިން ހަސަން ވިދާޅުވެއްޖެ އެވެ.

ހުސެއިން މިހެން ވިދާޅުވީ ހދ އަތޮޅު ކައުންސިލާއި ނެއްލައިދޫ ކައުންސިލް ގުޅިގެން ދެ ކޮޓަރި އެޕާޓްމަންޓެއް، ނެއްލައިދޫގައި ހެދުމުގެ އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަަސްމިއްޔާތުގައި ފައްޓަވާދެމުންގެ ގޮތުން ވާހަކަދައްކަވަމުން ކައުންސިލަރު ހުސެއިން ވިދާޅުވީ ތަރައްގީގެ ގޮތުގައި ރައްޔިތުން ބަލައި ގަންނަނީ ކޮންކުރީޓް ތަރައްގީ ކަމަށްވާތީ އަތޮޅު ކައުންސިލްގެ މިހާރުގެ އަމާޒު ހުރީ ކޮންކުރީޓް  ތަރައްގީ ގެނައުމަށް ކަމަށެވެ.

” ވޭތުވެދިޔަ މާޒީގައި ތަފާތު ކަންތައް ކުރަމުން މިދިޔައީ އެކަމަކު އެކަންތައްތަކަކީ ނުފެންނަށް ކަންތައްތަކަށްވުމުން، ތަރައްގީގެ ގޮތުގައި އެކަމެއް ރައްޔިތުން ބަލައެއް ނުގަނޭ. އަޅުގަނޑުމެން ވިސްނުމަށް މިގެނައީ ފެންނަ ހުންނަ ކަންތައްތަކެއް ކުރެވެން ޖެހޭނެއޭ. ތަރައްގީގެ ގޮތުގައި ރައްޔިތުން ބަލައިގަންނަނީ ފެންނަ ހުންނަ ކޮންކުރިޓް ތަރައްގީ. އެހެންވީމާ އަޅުގަނޑުމެން އަމާޒު މި ހިފީ ކޮންކުރީޓް ތަރައްގީއަށް.” ނޮޅިވަރަމް ދާއިރާގެ ކައުންސިލަރު ހުސެއިން ހަސަން ވިދާޅުވި އެވެ.

ހދ އަތޮޅު ކައުންސިލުން ކުރީގައިވެސް ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދީފައިވާ ކަމަށާއި ނަމަވެސް އެކަންތައްތައް ފެންނަ ނެތުމުން، އެކަންކަމަކީ ތަރައްގީގެ ގޮތުގައި ކުރެވުނު ކަމެއްކަން އެރަށެއްގެ ރައްޔިތުން ބަލައިއެއް ނުގަންނަކަމަށެވެ. އެހެންވެ ކައުންސިލްގެ ވިސްނުން ބަދަލުކޮށް މިހާރު ކުރަން ބޭނުންވަނީ ފެންނަށް ހުންނަ ތަރައްގީގެ މަޝްރޫއުތައް ކަމަށް ހުސެއިން ވިދާޅުވި އެވެ.

ކައުންސިލްތައް ގުޅިގެން ހދ ގެ ކޮންމެ ރަށެއްގައި ތަރައްގީގެ މަޝްރޫއުއެއް ހިންގަނީ

ހުސެއިން ވިދާޅުވީ އެ މަޝްރޫއު ފެއްޓުމުގެ ވިސްނުން މީގެ 6 މަސްކުރިން ގެންގުޅެމުންދިޔަ ކަމަށެވެ. އެކަން މިއަދު ހަގީގަތަކަށްވެ އެންމެ ފުރަތަމަ އެ މަޝްރޫއު ނެއްލައިދޫގައި ފެށުނީ  އެރަށު ކައުންސިލް ގުޅިގެން ކުރި މަސައްކަތުންގެ ސަބަބުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355