twitterviber whatsapp telegramfacebookyoutube instagram
31st October 2025

ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކުޅުދުއްފުށިން ކަރަންޓް ކަނޑަން ޖެހިދާނެ: ފެނަކަ

Jan 23, 2018

ކުޅުދުއްފުއްޓަށް ކަރަންޓް ފޯރުކޮށްދެމުންދާ އިންޖީނުތަކުގެ ތެރެއިން 1 މެގަ ވޯޓުގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓް ކަނޑަން ޖެހިދާނެކަމަށް ފެނަކައިން ބުނެފި އެވެ.

އެއިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިމަހު 21 ވަނަ ދުވަހު 1 މެގަ ވޯޓުގެ ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ލޯޑު މަތިވާ ގަޑިތަކުގައި ކަރަންޓް ކަނޑަން ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށާއި މި މައްސަލައަށް ހައްލެއް ހޯދުމަށް އިންޖިނިއަރުންގެ ޓީމަކުން މިހާރު ދަނީ މަަސައްކަތް ކުރަމުން ކަމަށެވެ

އަދި ކަރަންޓުގެ ހިދުމަތް އާންމު ހާލަތަކަށް ގެނެވެންދެން މަތީ ލޯޑު ނަގާ އިލްކްޓްރޯނިކް އާލާތްތައް ވީހާވެސް މަދުން ބެނުން ކުރެއްވުމަސާއި ކަަރަންޓް ބޭނުން ކުރަމުންދާ މިންވަރު މަދުކުރުމަށް ފެނަކައިން އެދެއެވެ.

މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން މާފަށް އެދޭކަމަށާއި އަދި ކުޅުދުއްފުށީގެ ރައްޔިތުންގެ ކިބައިން ލިބެމުންދާ އެއްބާރުލުމަށް އެފަރާތުން ވަނީ ޝުކުރުއަދާކޮށްފަ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355