twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޣިޔާސުއްދީން ސްކޫލަށް ދިރާގު ޕޭ ތައާރަފްކޮށްފި

Jan 24, 2018

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން ދިރާގާއެކު އެ ސްކޫލްގެ ކެފެޓީރިޔާގައި ދިރާގު ޕޭ ތައާރްފްކޮށްފައިއެވެ.

ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. މި ހިދުމަތަކީ ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެ ހިދުމަތެކެވެ.

ދަރިވަރުންގެ އިންޓަވަލަށާއި ލަންޗަށް ކޮންމެ ދުވަހަކުވެސް ފައިސާދޭން ހަނދާންބެހެއްޓުމަކީ ކެފެޓީރިއާއިން އިންޓަވަލް ހަމަޖައްސާ ދަރިވަރުންގެ މައިންބަފައިން ހަނދާން ބަހައްޓަން ޖެހޭ ކަމެކެވެ. ހަނދާންނެތިގެން ވެސް ފައިސާ ހަވާލުނުވާ ދުވަހަކު ދަރިފުޅަށް އިންޓަވަލް ނުލިބިދާނެއެވެ. ނަމަވެސް އިންޓަވަލަށް ފައިސާ ނުގެންގޮސް ދިރާގު ޕޭގެ އެހީގައި ދަރވަރުންނަށް ކޭޝް ނުލައި މޯބައިލް ފޯނުގެ ހިދުމަތުން ކެފެޓީރިޔާއިން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގެ ފަސޭހަކަން މަގުފަހިވެގެންދާނެއެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ދިރާގު ޕޭގެ ހިދުމަތް ބޭނުންކުރަނީ ސްކޫލް ކެފެޓީރިއާގައި އެވެ. ސްކޫލްގައި މި ހިދުމަތް ބޭނުންކުރަން ދަރިވަރުން ބޭނުން ކުރަން ޖެހޭނީ އެން.އެފް.ސީ ސްޓިކާ އެކެވެ ނުވަތަ މޯބައިލް ނަންބަރަކާއި ޕިން ނަންބަރެކެވެ.

ނަމަވެސް ދިރާގު ޕޭ ނުވަތަ ޑިޖިޓަލް ވޮލެޓް މެނޭޖްކުރާނީ ބެލެނިވެރިންނެވެ. އެހެނަ ކަމުން މި ހިދުމަތުގެ ސަބަބުން ބެލެނިވެރިންނަށް ފަސޭހަކަމާއެކު ކުދިންގެ އިންޓަވަލް ހަރަދު މެނޭޖްކޮށް މޮނިޓާކުރެވޭނެއެވެ. އަދި ދަރިވަރުންގެ ޓަރާސެކްޝަންތައް ވަގުތުން ވަގުތަށް ދިރާގު ޕޭ އެޕް މެދުވެރިކޮށް ބެލެނިވެރިޔާ އަށް ބަލާލެވޭނެވެ.

މީގެ އިތުރުން ޓްރާންސެކްޝަނެއް ހިނގާ ކޮންމެ ފަހަރަކު ބެލެނިވެރިޔާގެ ފޯނަށް އެސް.އެމް.އެސް އެއްވެސް ދާނެއެވެ. އަދި އެކައުންޓަކުން ފައިސާ ހުސްވެއްޖެނަމަ ދިރާގު ޕޭ އެޕް މެދުވެރިކޮށް ފައިސާ އެޅުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ.

ދިރާގު ޕޭ ތައާރަފްކޮށްފައިވަނީ އިއްޔެ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބެލެނިވެރިންނަށް ހުޅުވާލައިގެން ބޭއްވި ހާއްސަ ސެޝަންތަކަކުންނެވެ. ދިރާގުޕޭ އާންމުކޮށް ނެރެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355