twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހޮލީވުޑްގެ 2018ގެ އޮސްކާ ނޮމިނޭޝަންތައް އިއުލާން ކޮއްފި!

Jan 24, 2018

ހޮލީވުޑްގައި ދޭ އެންމެ ގިނަ ދުވަސްވީ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ އޮސްކާ އެވޯޑުގެ 2018ވަނަ އަހަރުގެ ނޮމިނޭޝަތައް އިއުލާނުކޮށްފި އެވެ. އޮސްކާ އެވޯޑް ދޭތާ މިއަހަރަށް 90 އަހަރު ވާނެ އެވެ.

އެކި އެކި ފިލްމުތައް ޖުމްލަ 24 ކެޓަގަރީއަކުން ނޮމިނޭޓް ވެފައިވާއިރު، މިފަހަރު އެންމެ ގިނަ ނޮމިނޭޝަން ތަކަށް ހޮވިފައިވަނީ “ދަ ޝޭޕް އޮފް ވޯޓާ” އެވެ. 13 ނޮމިނޭޝަން އާއެކު މިއަހަރު އެންމެ ގިން ނޮމިނޭޝަންސް ލިބިފައިވަނީ މިފިލްމަށެވެ. މި ފިލްމަކީ ގިލާމޯ ޑެލް ޓޯރޯ ޑައިރެކްޓް ކޮއްފައިވާ ފިލްމެކެވެ.

ނޮމިނޭޝަންތައް އިއުލާނުކުރުމަށް އެކަޑަމީސް ސެމިއުލް ގޯލްޑްވީ ތިއޭޓާގައި ރޭގައި އޮތް ހާއްސަ ހަފްލާގައި ނަންތައް އިއުލާނު ކޮށްދެއްވީ އޮސްކާ އެކަޑަމީގެ ރައީސް ޖޯން ބެއިލޭއާއެކު ޓިފްނީ ހޭޑިޝް، އަދި އޭންޑީ ސާކިސް އެވެ.

މިއަހަރުގެ އެވޯޑު ހަފްލާ ހޮސްޓް ކޮށްދޭނީ ޖިމީ ކެމިލް އެވެ. މި އެވޯޑު ހަފްލާ އޮންނާނީ މި އަންނަ މާޗު މަހުގެ ހަތަރެއްގަ އެެވެ. މި ޝޯވަނީ އޭބީސީ ޗެނަލް އިން ދައްކަން ހަމަޖެހިފައެވެ.

ރޭގެ ނޮމިނޭޝަންތައް އިއުލާން ކުރުމުގައި ހޮލީވުޑްގެ ބައެއް މަޝްހޫރު އަންހެން ތަރިން ބައިވެރިވި އެވެ. އެގޮތުން ކޮންމެ ކެޓަގަރީއަކުން ނޮމިނޭޝަން އިއުލާނު ކުރުމުން ފަހަރަކު ތަރި އެއް އެ ކެޓަގަރީގެ މުހިންމު ކަމާއި ބެހޭގޮތުން ވާހަކަ ދައްކާ އެ މީހުން ކުރާ ބުރަ މަސައްކަތް އަގުވަޒަން ކޮށްފައިވެ އެވެ.

އެ ހަފްލާގައި ބައިވެރިވި ތަރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ އާއި ގާލް ގެޑޮޓް އާއި މިޝޭލީ ރޮޑްރިގޭޒް އާއި ސަލްމާ ހަޔަކް އާއި ރޮޒާރިއޯ ޑައުސަން، ޒޯއީ ސެލްޑޭނާ، މޯލީ ޝެނޮން، ރެބެލް ވިލްސަން އަދި މިޝޭލީ ޔޯއީ ހިމެނެ އެވެ.

ފާހަގަކޮށްލެވޭ ނޮމިނޭޝަންތައް

ބެސްޓް ޕިކްޗާ:

* ކޯލް މީ ބައި ޔޫއާ ނޭމް

* ޑާކެސްޓް އަވާ

* ޑަންކާކް

* ގެޓް އައުޓް

* ލޭޑީ ބާޑް

* ފެންޓަމް ތްރެޑް

* ދަ ޕޯސްޓް

* ދަ ޝޭޕް އޮފް ވޯޓާ

* ތްރީ ބިލް ބޯޑްސް އައުޓްސައިޑް އެ ބިންގް، މައިސޫރީ

ބެސްޓް ޑައިރެކްޓާ:

* ކްރިސްޓޮފާ ނޯލަން – ޑަންކާކް

* ޖޯޑަން ޕީލް – ގެޓް އައުޓް

* ގްރެޓާ ގާވިގް – ލޭޑީ ބާޑް

* ފޯލް ތޯމަސް އެންޑަސަން – ފެންޓަމް ތްރެޑް

* ގިލިއަރްމޯ ދެލް ތޯރޯ – ދަ ޝޭޕް އޮފް ވޯޓާ

ބެސްޓް އެކްޓްރެސް:

* ސެލީ ހޯކިންސް – ދަ ޝޭޕް އޮފް ވޯޓާ

* ފްރެންސިސް މެކްޑޯމަން – ތްރީ ބިލް ބޯޑްސް އައުޓްސައިޑް އެ ބިންގް، މައިސޫރީ

* މާގޮޓް ރޯބީ – އައި، ޓޮންޔާ

* ސާސޯ ރޯނަން – ލޭޑީ ބާޑް

* މާލީ ސްޓްރީޕް – ދަ ޕޯސްޓް

ބެސްޓް އެކްޓާ:

* ޓިމޯތީ ޗަލަމެޓް – ކޯލް މީ ބައި ޔޫއާ ނޭމް

* ޑެނިއެލް ޑޭލެވިސް – ފެންޓަމް ތްރެޑް

* ޑިނިއަލް ކަލުއްޔާ – ގެޓް އަައުޓް

* ގެރީ އޯލްޑްމެން – ޑާކެސްޓް އަވާ

* ޑެންޒެލް ވޯޝިންގްޓަން – ރޯމަން ޖޭ. އިސްރޭލް، އީސަގް

ބެސްޓް ސަޕޯޓިން އެކްޓްރެސް:

* މެރީ ޖޭ ބްލިގް – ކޯލް މީ ބައި ޔޫއާ ނޭމް

* ލެސްލީ މެންވިލް – ފެންޓަމް ތްރެޑް

* އެލިސަން ޖޭނީ – އައި، ޓޮންޔާ

* ލޯރީ މެޓްކަލްފް – ލޭޑީ ބާޑް

* އޮކްޓޭވިއާ ސްޕެންސާ – ދަ ޝޭޕް އޮފް ވޯޓާރ

ބެސްޓް ސަޕޯޓިން އެކްޓާ:

* ވިލެމް ޑެފޯ – ދަ ފްލޯރިޑާ ޕްރޮޖެކްޓް

* ވުޑީ ހެރެލްސަން – ތްރީ ބިލް ބޯޑްސް އައުޓްސައިޑް އެ ބިންގް، މައިސޫރީ

* ރިޗާޑް ޖެންކިންސް – ދަ ޝޭޕް އޮފް ވޯޓާރ

* ކްރިސްޓޮފާ ޕްލުމާ – އޯލް ދަ މަނީ އިންދަ ވޯލްޑް

* ސޭމް ރޮކްވެލް – ތްރީ ބިލް ބޯޑްސް އައުޓްސައިޑް އެ ބިންގް، މައިސޫރީ

ބެސްޓް އޮރިޖިނަލް ސްކްރީން ޕްލޭ:

* ދަ ބިގް ސިކް

* ގެޓް އައުޓް

* ލޭޑީ ބާޑް

* ދަ ޝޭޕް އޮފް ވޯޓާރ

* ތްރީ ބިލް ބޯޑްސް އައުޓްސައިޑް އެ ބިންގް، މައިސޫރީ

ބެސްޓް ފޮރިންގް ލޭންގުއޭޖް ފިލްމް:

* އަ ފެންޓާސްޓިކް ވުމަން (ޗިލީ)

* ދަ އިންސަލްޓް (ލެބަނަން)

* ލަވްލެސް (ރަޝިއާ)

* އޮން ބޮޑީ އެންޑް ސޯލް (ހަންގޭރީ)

* ދަ ސްކޮޔާ (ސްވިޑެން)

ބެސްޓް އެނިމޭޓެޑް ފީޗާ:

* ދަ ބޮސް ބޭބީ

* ދަ ބްރެޑްވިނާ

* ކޯކޯ

* ފާޑިނެންޑް

* ލަވިންގް ވިންސެންޓް

ބެސްޓް އޮރިޖިނަލް ސޯންގް:

* މައިޓީ ރިވާ – މަޑްބައުންޑް

* ދަ މިސްޓްރީ އޮފް ލަވް – ކޯލް މީ ބައި ޔުއާ ނޭމް

* ރިމެމްބާ މީ – ކޯކޯ

* ސްޓޭންޑް އަޕް ފޯ ސަމްތިންގް – މާޝަލް

* ދިސް އިޒް މީ – ދަ ގްރޭޓެސްޓް ޝޯ މޭން

މި ކެޓަގަރީތަކުން މި ފިލްމް ތައް ނޮމިނޭޓް ވެފައިވާއިރު ގިނަ ބަޔަކު ތިބީ އޮސްކާގެ އެވޯޑް ހާސިލްކުރާނީ ކޮން ފިލްމްތަކެއްތޯ ބެލުމުގެ އިންތިޒާރުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355