twitterviber whatsapp telegramfacebookyoutube instagram
15th August 2026

ހދ އަތޮޅު ޤުރުއާން މުބާރާތް ބާއްވަން އެއްވެސް ރަށަކުން ޝައުގުވެރިކަމެއް ނެތް !

Jan 25, 2018

މި އަހަރު އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ހދ އަތޮޅު ޤުރުއާން މުބާރާތް ހޯސްޓް ކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާކަމަށް އަތޮޅު ކައުންސިލުން ބުނެފި އެވެ.

އެކައުންސިލުން ފުރަތަމަ މި ފުރުސަތު ހުޅުވާލީ މިމަހު 4 ވަނަ ދުވަހުއެެވެ. އެ އިއުލާނުގެ މުއްދަތު 15 ޖެނުއަރީގައި ހަމަވީއިރު އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ ދެވަނަ ފަހަރަށް ކުރި އިއުލާންގެ މުއްދަތުވެސް ހަމަވިއިރު އެއްވެސްފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާކަމަށް އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް ކޭއޯއަށް ވިދާޅުވި އެވެ.

ޝައުގުވެރިވާ ފަރާތްތަކަށް އަދިވެސް އެފުރުސަތު އެބައޮތް ކަމަށާއި އެކަމަށް އެދި ހުށައަޅާ ފޯމް މިހާރުވެސް ކައުންސިލުން ލިބެން ހުންނާނެ ކަމަށްވެސް އާތިފް ވިދާޅުވި އެވެ.

އެގޮތުން ކުރިއަށްއޮތް ހަފްތާގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުނުކުރާނަމަ ކައުންސިލުން މުބާރާތް ބާއްވާނެ ތަނެއް ކަނޑައަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އަތޮޅު ޤުރުއާން މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 141 ދަރިވަރުންނާއި އެކު ނެއްލައިދޫގަ އެވެ. މިމުބާރާތަށް ހަރަދުކުރަނީ އަތޮޅު ކައުންސިލްގެ ބަޖެޓުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355