twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީ ކުނިގޮނޑުގެ މައްސަލަ ހައްލުކުރެވޭތޯ ނަޝީދު މަސައްކަތް ފައްޓަވައިފި

Jan 27, 2018

ސަރުކާރުގެ މިނިސްޓްރީތަކާއި ގުޅިގެން ކުޅުދުއްފުށީ ކުނިކޮށީގެ މައްސަލަ ހައްލުކުރެވޭތޯ މެމްބަރު ނަޝީދު މަސައްކަތް ފައްޓަވައިފި އެވެ.

މިމަސައްކަތް ނަޝީދު ފައްޓަވާފައިމިވަނީ ކުނިކޮށީގެ މައްސަލަތައް ހައްލުކޮށްދެއްވުމަށް އެދި ކައުންސިލުން، އެދުމުންނެވެ. ކައުންސިލުން ވަނީ ކުނިގޮނޑުގެ މައްސަލަ ހައްލުކުރުމަށް 4 ގޮތެއް ނަޝީދަށް ހުށަަހަޅާފަ އެވެ.  އެއީ ކުނިގޮނޑު އެއްކޮށް ހުސްކޮށްލުން، ވަށާފާރުލުން، ތަފާތު ވައްތަރުގެ ކުނި ވަކިން ގެންގުޅެވޭނެ ގޮތް ހެދުން، އެކަށީގެންވާ ބަޖެޓެއްދީގެން ނުވަތަ ބަޔަކާ ހަވާލުކޮށްގެން މިހާރަށް ރަނގަޅަށް ކުނި މެނޭޖްކުރުން، އެވެ.

މިވަގުތު އެންމެ ބޮޑު އިސްކަމެއްދެނީ ކުނިގޮނޑު އެއްކޮށް ހުސްކޮށްލެވޭނެ ގޮތެއްވޭތޯ ބެލުމަށް ކުރާ މަސައްކަތް ކަމަށް ނަޝީދު ވިދާޅުވި އެވެ.މާލެ ސަރަހައްދަށް ގެންގޮސް ކުނި ނައްތާލުމުންގެ މަސައްކަތް ކަމަށެވެ. އެކަމާ ގުޅިގެން އެންވަރުމެންޓް މިނިސްޓަރ ތާރިޤް އިބުރާހިމްއާއެކު ތަކުރާރުކޮށް ވާހަކަދައްކަވަމުން ކަމަށެވެ.

ކުނިކޮށީގެ ހާލަތު އަންގައިދިނުމަށް ފޮޓޯތައްވެސް މިހާރު ވަނީ މިނިސްޓަރާ ހިއްސާކުރައްވާފައިވާ އެވެ. ތަނުގެ ކުނި އެންދުމުން އަރާދުމުގެ މައްސަލަ އާއި ކުނިވަސް ދުވާ މައްސަލައާއި މެހި ގިނަވާ މައްސަލަ މިނިސްޓަރާއި އެ މިނިސްޓްރީގެ ކަމާ ގުޅުން ހުރި އިސްފަރާތްތަކާވެސް ހިއްސާކުރައްވާފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓަކީ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ނުވާތީ މަސައްކަތްކުރުމަށް ދަނީ ބަޖެޓެއް ހޯދުމުގެ މަސައްކަތް ކަމަށާއި އެންވަރަމެންޓް މިނިސްޓްރީ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއަށް އަންދާސީ ހިސާބަކާއެކު މިކަމަށް ހާއްސަ ބަޖެޓަކަށް އެދި ސިޓީ ފޮނުވާނެކަމަށް ނަޝީދު ވަނީ ލަފާކުރައްްވާފަ އެވެ. އަފީފުއްދީން ސްކޫލާއި ސަރަހައްދީ ސްޓޭޑިއަމް ކުނިކޮއްޓާއި ކައިރީގައި ހުރުމުން ސްކޫލު ކުދިންނަށާއި ކުޅިވަރުކުޅޭ ފަރާތްތަކުގެ ސިއްހަތަށް ހުރި ނުރައްކާ ބަޔާންކޮށް އެ މިނިސްޓްރީތަކުން ބަދަލުކުރަންޖެހޭ ސިޓީތައް ބަދަލުކުރެވި، އަންނަ ހަފްތާ ތެރޭގައި ފައިސާ ހޯދުމުގެ މަސައްކަތް ފަށައިގަނެވޭވަރު ވާނެކަމަށް ބެލެވޭކަމަށް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން ކަމަށް ބާރު އެޅުމުގެ ގޮތުން ހެލްތް މިނިސްޓްރަށާއި އެޑިއުކޭޝަން މިނިސްޓްރީއަށްވެސް ނަޝީދުވަނީ ސިޓީ ފޮނުއްވާފަ އެވެ. ކުނިގޮނޑު ހުސްކުރުމަށް މަސައްކަތްކުރަމުންދަނީ ބާޖެއްގައި މާލެއަށް ކުނިތައް ގެންގޮސްގެން، އަންދައި ނެތިކޮށްލުމަށް ގާތްގަނޑަށް 10 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެންވަރަމެންޓް މިނިސްޓްރީން ލަފާކުރެ އެވެ.

ގާތްގަނޑަށް ކުނިތައް ގެންދިއުމަށް ބާޖު ފަސްވަރަކަށް ދަތުރުކުރަން ޖެހޭނެ ކަމަށް މިނިސްޓްރީވަނީ ލަފާކޮށްފަ އެވެ.

ކުޅުދުއްފުށީ ކުނިކޮށީގައި އެކަށީގެންވާގޮތުގައި ކުނި ނައްތާނުލެވި މެހި ގިނަވުމުގެ ސަބަބުންނާއި ކުނި އެންދުމުން އަރައި ވިހަ ދުމުގެ ސަބަބުން  ސިއްހީ އޮފިޝަލުންގެވެސް ވަނީ ކަންބޮޑުވުންފާޅުކޮފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355