twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނޭކުރަންދޫގައި ޖަލު ނާޅާ ގޮތަށް ސަރުކާރުން ނިންމައިފި

Jan 27, 2018

ހދ ނޭކުރަންދޫގައި އަޅަން ނިންމާފައިވާ ޖަލު، ނާޅައިގޮތަށް ނިންމާ އެކަން ހދ އަތޮޅު ކައުންސިލަށް އަންގައިފި އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ދެ ޖަލު އެޅުމަށް ސަރުކާރުން ނިންމާ އުތުރުގެ ޖަލު އަޅާނެ ރަށެއްކަމުގައި ހދ. ނޭކުރެންދޫ ހަމަޖެއްސީ 2010 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އެވެ. އަދި އެކަމަށް 21 ހެކްޓަރުގެ ބިމެއް ސާފުކޮށް، އެތަނުގައި ހުރި ރުއް ގަހަށް ސަރުކާރުން ވަނީ ބަދަލުވެސް ދީފަ އެވެ.

ނޭކުރަންދޫގައި ޖަލު އަޅަން ނިންމާފައިވާ ނިންމުން ބާތިލުކޮށްފައިވާ އަންގައި ހދ އަތޮޅު ކައުންސިލަށް، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު މަރިޔަމް މުސާ ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ނޭކުރެންދޫގައި ޖަލު ނޭޅުމަށް ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ މި ވަގުތު ގާއިމްކޮށްފައިވާ ޖަލުތަކުގައި ޖާގަ ހުރުމާއި، ޝަރީއަތަށް ނުވަތަ އިސްތިއުނާފް މަރުހަލާތަކަށް މީހުން މާލެ ގެނައުމުގައި ހަރަދުގެ ގޮތުންނާއި ސަލާމަތީ ގޮތުން، ދަތިތަކެއް ހުރުމުން ކަމުގައެވެ.

ނޭކުރެންދޫގައި ޖަލު ނާޅާގޮތަށް ނިންމާފައިވާކަން ހޯމް މިނިސްޓްރީން ހާމަކޮށްފައިވަނީ ނޭކުރެންދޫގައި އަޅާ ޖަލާއި ބެހޭގޮތުން މައުލޫމާތު ހޯދުމަށް ހދ އަތޮޅު ކައުންސިލުން ހޯމް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން މިނިސްޓްރީން އަތޮޅު ކައުންސިލަށް ފޮނުވި ޖަވާބުގައެވެ.

ނޭކުރަންދޫ ޖަލުގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފި

ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވިއިރު ނޭކުރަންދޫއަށް ވަޑައިގެން ޖަލު އަޅަން ހަމަޖެހިފައިވާ ސަރަހައްދުވެސް ވަނީ ބައްލަވާފަ އެވެ. ނޭކުރަންދޫގައި ޖަލު އެޅުމަށް ފާއިތުވެދިޔަ 2 އަހަރުވެސް ވަނީ ބަޖެޓްގައި 48 މިލިއަން ރުފިޔާ ހިމަނާފަ އެވެ. ނަމަވެސް މިއަހަރުގެ ބަޖެޓްގައި އެފައިސާ ހިމަނާފައެއް ނުވެ އެވެ.

ނޭކުރަންދޫގައި ހަދަން ކުރިން ނިންމާފައިވަނީ 300 މީހުންގެ ލުއި ޖަލެކެވެ.

.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355