twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބޯޓެއް ބަލައި ފޮނުވި ދިވެހިންތަކެއް މެލޭޝިޔާގައި ހާލުގައި ޖެހިފައި، ގިނައިން ތިބީ ކުޅުދުއްފުށީ މީހުން

Jan 29, 2018

ދިވެހިން ކުންފުންޏަކުން 2 ބޯޓެއް ބަލައި މެލޭޝިޔާގައި ފޮނުވި ދިވެހިންތަކެއް ކުންފުނީގެ އެހީތެރިކަން ނުލިބި ހާލުގައި ޖެހިއްޖެ އެވެ. މި ދެ ބޯޓުގައިވެސް ގިނައިން ތިބީ ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހުންނެވެ.

މިދިޔަ ޖުލައިމަސް ތެރޭގައި މެލޭޝިޔާއަށް ދެ ބޯޓް ގަންނަ ފޮނުވީ “ގްރީން ބޮކްސް” ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކުންނެވެ. ދެ ބޯޓް ގަނެގެން އަންނަ އުޅުމުން މެލޭޝިޔާގެ ނޭވީން ވަނީ އޭރުވެސް ބޯޓް ހިފަހައްޓާފަ އެވެ. ފަހުން އެނގުނުގޮތުގައި ބޯޓް ހިފެހެއްޓީ ބޯޓު ވިއްކި ފަރާތަށް ދޭން ޖެހޭ ފައިސާ ނުދައްކާއިގެން ކަމަށް ބޯޓުގައި ތިބި ދިވެހިން މީޑިއާގައި ބުނެފައިވެ އެވެ. އެކަމެއް އެމީހުންނަށްވެސް ނޭނގޭ ކަމަށެވެ.

ބޯޓްގައި ހުރި މީހެއްގެ އާއިލާގެ މެމްބަރަކު މިއަދު ކޭއޯއަށް ބުނީ ކުރިން ޖެހުނު މައްސަލަތައް ހައްލުކޮށްފައިވީނަމަވެސް އަދިވެސް ބޯޓް ވިއްކި ފަރާތަށް ދޭން ޖެހޭ ފައިސާތައް އެއްކޮށް ދައްކާ ހަލާސްނުކުރެވޭ ކަމަށާއި އެހެންވެ ދެ ކުންފުނި ދެމެދުގައި ވާހަކަދައްކައިގެން ނިންމީ ބޯޓް މެލޭޝިޔާގައި ދުއްވައިގެން ލިބޭ އާންމުދަނީ ފައިސާ ދައްކައިގެން ހަލާސްކުރާ ގޮތަށް ކަމަށެވެ.

” ފައިސާ ނުދެއްކިގެން ދެ ފަރާތުން ވާހަކަދައްކައިގެން ނިންމީ ބޯޓް މެލޭޝިޔާގައި ދުއްވަން. ދެން އެއިން ލިބޭ އެއްޗެއް ފައިސާ ދައްކާ ނިންމާގޮތަށް.” މެލޭޝިޔާފައި އޮތް ބޯޓެއްގައި ހުރި މީހެއްގެ އާއިލާގެ މެމްބަރަކު ކިޔާދިނެވެ.

އެމީހާ ކިޔައިދިން ގޮތުގައި ބޯޓް މެލޭޝިޔާގައި ދުއްވާގޮތަށް ނިންމުމުން އޭގައި ތިބި ދިވެހިން ރާއްޖެ އަންނަވެގެން ކުންފުނީގައި އެދުނު ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް މިހާތަނަށްވެސް ކުންފުނީގެ ފަރާތުން ލިބިފައިނުވާ ކަމަށެވެ.

” މެލޭޝިޔާގައި ދުއްވާގޮތަށް ނިންމާފައި އޮތްވާ މިވީ ގޮތަކީ އަނެއްކާވެސް ދެ ކުންފުނީގެ ދެމެދުގައި މައްސަލަ ޖެހި އެކޮޅުން ބޯޓަށް ލާފައި ތިބި ފަޅުވެރިން ބޭލީ. ދެން ބޯޓުގައި ތިބީ ހަމައެކަނި ދިވެހިން.”

އޭނާ ބުނީ ބޯޓްގެ އިންޖިނިއަރުންވެސް ބޭލިކަމަށާއި އެހެންވެ ބޯޓުތަކުން ކަރަންޓް ކެނޑި، ހާލުގައި ޖެހިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ މެލޭޝިޔާގައި އޮތް ދެ ބޯޓެއްގައި ތިބި ކުޅުދުއްފުށީ ބަޔަކު ހާލުގައި ޖެހިފައިވާކަމުގެ މައުލޫމާތު މިއަދު ލިބިފައިވާ ކަމަށާއީ އެކަމުގެ މައުލޫމާތު ޕޮރިން މިނިސްޓްރީއާ ކަމާ ގުޅުން ހުރި އެހެން މުވައްސަސާތަކަށް ހިއްސާކުރަމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މެލޭޝިއާ ބަނދަރުގައި ހާލުގައި ޖެހިފައިވަނީ ގްރީން ބޮކްސް ކިޔާ ކުންފުނީގެ 2،000 ޓަނުގެ ބޯޓަކާއި 80 ޓަނުގެ ބޯޓެވެ. ކުރިން މައްސަލަ ޖެހިގެންވެސް ބޯޓުގައި ތިބި ގިނަ ދިވެހިން ވަނީ މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ރާއްޖެ އައިސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355