twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި ސީޓީ މެޝިން ވީހާވެސް އަވަހަށް ގެނެސްދިނުމަށް އުސައިދު ގޮވާލައިފި

Jan 29, 2018

ނޫރުލް އިސްލާމް އިންޓަނޭޝަނަލްއިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދަންޖެހޭ ސީޓީ ސްކޭން މެޝިން ވީހާވެސް އަވަހަށް ގެންގޮސްދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެކުންފުނީގެ ދިވެހި ހިއްސާދާރު އަލީ އުސެއިދު ގޮވާލައްވައިފި އެވެ.

ސީޓީ ސްކޭން މެޝިން ޕޯޓްގައި ތާށިވެފައިހުންނަތާ މިހާރުވަނީ ގިނަ މަސްތަކެއްވެފަ އެވެ. ހިއްސާދާރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުން ތެރޭގައި އެންއައިއައި މެނޭޖިންގ ޑައިރެކްޓަރުގެ ފަރާތުން ވާހަކަދައްކަވަމުން އަލީ ނަސީރު ވިދާޅުވެފައިވަނީ ސީޓީ މެޝިނުން ކުޅުދުއްފުއްޓާ ހަމައަށް ނުގެނެވިފައިވަނީ އުސެއިދުގެ ދޯދިޔާކަމުން ކަމަށެވެ. އެކަމަކު އުސެއިދު ވިދާޅުވަނީ އެ މެޝިންތައް ކުޅުދުއްފުއްޓާ ހަމައަށް ގެންނަ ކުންފުނީގެ ފަރާތުން ހަވާލުކޮށްފައިވަނީ ޖެނެރަލް އިލެކްޓޯނިކްސްއާ ކަމަށެވެ.

ސީޓީ ސްކޭން މެޝިން ހޮސްޕިޓަލަށް ގެންދިޔުމަށް މީގެ ކުރިންވެސް މަސައްކަތްތަކެއްކޮށްފައިވާ ކަން ފާހަގަކުަރައްމުން އުސެއިދު ވިދާޅުވީ މިހާރު މެޝިނުން ނުގެންދެވިގެން އުޅެނީ ކީއްވެތޯ ބަލައި ވީހާވެސް އަވަހަކަށް މެޝިން ގެންދެވޭނެގޮތެއް ހަމަޖައްސައިދިނުމަށް އެދޭކަމަށެވެ.

އުސައިދު ވިދާޅުވީ ނޮވެމްބަރު މަހުގެ ތެރޭގައި އެކުންފުނިން ސީޓީ ސްކޭން މެޝިން ރާއްޖެ ފޮނުވާފައިވާ ކަމަށާއި ނަމަވެސް ކަސްޓަމުން ކްލިއާނުކުރެވޭތީ އެ މެޝިން އަދިވެސް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދެވޭ ގޮތް ވަނީ ނުވެފައި ކަމަށެވެ.

ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އިންޓަނޭޝަނަލް އޮޕަރޭޝަންސް މެނޭޖަރ އަހުމަދު ނަސީރު މިމަހުގެ ކުރީކޮޅު ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ ދަތިތައް ހައްލުކޮށް އެކަން މިނިސްޓްރީއަށް އަންގާފައިވާނޭ ކަމަށެވެ. އަދި މިއަދު މިނިސްޓްރީން ހަވާލުކުރިނަމަވެސް ހޮސްޕިޓަލު ހިންގަން ތައްޔާރަށް އޮތްކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެކޯ މެޝިނާއި ސީޓީ މެޝިންވެސް މިހާރު ރާއްޖޭއަށް ގެނެސްފައި ހުރިކަން ފާހަގަކުރައްވަމުން އަހުމަދު ނަސީރު އޭރު ވިދާޅުވެފައިވަނީ އެ މެޝިންތައް ކުލިއާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި އެ މެޝިނުތައް ކުޅުދުއްފުއްޓާ ހަމައަށް ގެންދެވޭނެ ކަމަށެވެ.

ދެ ހިއްސާދާރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި ހޮސްޕިޓާ މިހާރު ހިންގަމުން އަންނަނީ ހެލްތް މިނިސްޓްރީން އެވެ. މައްސަލަ ހައްލުކުރަން ދިން 10 ދުވަހުގެ މުއްދަތު ހަމަވެގެންދިޔައިރުވެސް ކަނޑައަޅާފައިވާ ވަކިގޮތެއް ސަރުކާރަކުން މީޑިއާގައި ހާމަކޮށްފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355