twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބޮނބިނަރު އުފައްދާ މެޝިންގެ ހިދުމަތް ދޭން ފަށައިފި

Jan 30, 2018

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު، ކުޅުދުއްފުށީ ކައުންސިލަށް ހަދިޔާކުރެއްވި ބޮނބިނަރު އުފައްދާ މެޝިންގެ ހިދުމަތް މިއަދު ފަށައިފި އެެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ނައިބް ރައީސް އަލީ ހާޝިމް ވިދާޅުވީ މިއަދު ފެށި މި މައްސަކަތަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން ދާކަމަށެވެ.

މެޝިންގެ ހިދުމަތް މިވަގުތު ދިނުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ފެށިގެން މެދުންދުރު ފަހު 2:00 ކަމަށާއި އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި ގަޑިތަކަށް ބަދަލުތަކެއް އައުން އެކަށީގެން ވާކަމަށް ވެސް ހާޝިމް ވިދާޅުވި އެ.

ނަޝީދު ހަދިޔާކުރެއްވި ބޮނބިނަރު އުފައްދައި މެޝިން އިފްތިތާހްކޮށްފި

ބޮނބި ކިރަން ހަމަޖެހިގައިވަނީ 3 ސައިޒެއްގެ ބާލިދީނެވެ. އެއީ 38، 28 އަދި 21 ސައިޒުގެ ބަލިދީ އެވެ. އެގޮތުން 38 ސައިޒުގެ ބަލިދީގެ ގެ ބޮނބި ނަރަށް ބަދަލުކޮށްދޭނީ 15 ރުފިޔާއަށެވެ. 28 ސައިޒުގެ ބާލިދީގެ ބޮނބި ނަރަށް ބަދަލުކޮށްދެނީ 10 ރުފިޔާއަށެވެ. އަދި 21 ސައިޒުގެ ބާލިދީގެ ބޮނބި 5 ރުފިޔާ އެވެ.

ހާޝިމް ވިދާޅުވީ ރުފިޔާ ބަލައިގަތުމުގެ ކަންކަންވެސް ކުރިއަށް ދާނީ ހަމަ އެތަނުން ކަމަށެވެ. މީގެ އިތުރުން ބޮނބި ކުނޑިވެސް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ކުނޑި ވިއްކަމުންދަނީ އާދައިގެ ބަސްތާއެއްގެ ކުނޑި 50 ރުފިޔާއަށް ކަމަށެވެ. ކުރިއަށް އޮތްތަކުގައި ކުނޑި ވިއްކުމުގެ ކަންކަންވެސް ރަނގަޅުވާނެ ކަމަށާއި އެހެންނަމަވެސް މިވަގުތު ވިއްކަނީ އެސައިޒުގެ ބަސްތާގެ ކުނޑި އެކަނިކަމަށެވެ.

ބޮނބި ނަރު މެޝިންގެ ހިދުމަތް ދެނީ ފެމިލީ ބޭކަރީގެ ދެކުނަށް އިންނަ އިމާރާތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355