twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުމުންދޫގައި އިމާރާތްކުރާ 2 ކޮޓަރީގެ އެޕާޓްމަންޓުގެ އެއްބަސްވުމުގައި ސޮއިކޮށް، ބިންގާ އަޅައިފި

Jan 30, 2018

ހދ. އަތޮޅު ކައުންސިލާއި ކުމުންދޫ ކައުންސިލް ގުޅިގެން އެރަށުގައި އިމާރާތްކުރާ 2 ކޮޓަރީގެ އެޕާޓްމަންޓްގެ މަޝްރޫއުގައި ސޮއިކޮށް، އިމާރާތުގެ ބިންގާ އަޅައިފި އެވެ.

ހދ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން، ކޮންމެ ރަށެއްގައިވެސް ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ބޭނުންމަކީ ރަށު ކައުންސިލުތަކުގެ މާލިއްޔަތަށް ފައިސާ އިތުރުކުރުމެވެ.

މިމަޝްރޫއު ފެށުމުގެ ގޮތުން މިއަދު މެންދުރުފަހު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހދ އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އަހުމަދު އާތިފެވެ. ކުމުންދޫ ކައުންސިލްގެ ފަރާތުން ސޮއެކުރެއްވީ އެރަށު ކައުންސިލްގެ ރައީސް އަމީން މުހައްމަދެވެ. ދެ ކޮޓަރި އެޕާޓްމަންޓްގެ ބިންގާވެސް އަޅުއްވާދެއްވީ މި ދެ ބޭފުޅުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރަށު މާލިއްޔަށް ވަންނަ ފައިސާ އިތުރުކުރެވި، އަތޮޅު ފެންވަރުގައި ބާއްވާ ސެމިނާރތަކާއި ތަފާތު ޓްރެއިންނިގ ޕްރޮގުރާމްތައް ރަށަށް ގެނައުމަށް މަގު ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އެކަމުގައި ސަބަބުން އާންމު ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެކަން އަމީން ފާހަގަކުރެއްވި އެވެ.

ދެ ކޮޓަރީގެ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށް، ހަވާލުކުރަނީ–

ލާމަރުކަޒީ ގާނޫނުން ކަންތައްތަކެއް ކުރުމަށް ކައުންސިލްތަކަށް ލާޒިމްކުރިނަމަވެސް އަހަރުން އަހަރަށް ކައުންސިލްތަކަށް ދޭ ބަޖެޓް ކުޑަވުމުގެ ސަބަބުން އެކަންތައްތައް ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލުތަކަށް އާންމުދަނީ ލިބޭނެ އިތުރު ވަސީލަތްތަކެއް ގާއިމްކުރަން ޖެހިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

” އަޅުގަނޑުމެން އެބަ ޖެހޭ މިތަން ތަރައްގީ ކުރަނީ ކޮންގޮތަކުން ތޯ، ރަށު ފެންވަރުގަ އަތޮޅު ފެންވަރުގައި ވާހަކަދެކެވެން.” ކުމުންދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެގޮތުން މިއަދު މިފެށުނު މަސައްކަތްތަކީ އަތޮޅު ފެންވަރުގައި ބޮޑު މަޝްރޫއުކަމަށާއި މިއީ ގައުމީ ފެންވަރުގައި ނަމަ “ބުރިޖް އެޅުން” ފަދަ މަޝްރޫއުއެއް ކަމަށެވެ. މިޕްރޮޖެކްޓަށް ރަށުގެ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އޭނާ އެދިލެއްވި އެވެ. އެކަމުގެ ސަބަބުން މިފަދަ ޕްރޮޖެކްޓަށް އިތުރުކުރަން އާ ހިތްވަރެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ. މިމަޝްރޫއުގެ ސަބަބުން ރަށަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފު ވިދާޅުވީ މިއަދު ބިންގާ އެޅިގެންމިދާ ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ސަބަބުން ރަށު ކައުންސިލްގެ މާލިއްޔާއަށް ކޮންމެވެސް ވަރެއްގައި އިތުރުކަމެއް އަންނާނެކަމަށެވެ. މިމަޝްރޫއުގެ ތެރެއިން ރަށަށްވެސް އާމްދަނީ ވަންނާނެ އިތުރު ގޮތެއް ފަހިވެގެންދާނެކަމަށް އާތިފްގެ ވާހަކާގައި ފާހަގަކުރެއްވި އެވެ. މިމަޝްރޫއުގެ ދަށުން މިދައުރުގައި ހދ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައި ތަރައްގީގެ މަޝްރޫއުއެއް ހިންގާނެކަމަށް އޭނާ ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ އުންމީދަކީ މި މަޝްރޫއުތައް ވީހާވެސް ބާރު ސްޕީޑެއްގައި ކުރިއަށްގޮސް ނިންމާ، އޭގެ ފައިދާއެއް ކައުންސިލްތަކަށް ލިބިގެންދިއުން ކަމަށެވެ.

ކުމުންދޫގައި މިއަދު ބިންގާ އެޅި 2 ކޮޓަރީގެ އިމާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން–

ކުމުންދޫގައި މިއަދު ބިންގާ އެޅިގެން މިދިޔަ 2 ކޮޓަރީގެ އެޕާޓްމަންޓްގެ އިމާރާތްކުރުމަށް މިއަދު ވަނީ ޖޭޖޭ އިންވެސްޓްމަންޓާ ހަވާލުކޮށްފައިވެ އެވެ. މިތަން އިމާރާތްކުރުމަށް ތިން ލައްކަ ސާޅީސް ތިންހާހަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެ އެވެ. އޭގެ ތެރެއިން ޕްރޮޖެކްޓްގެ ހިންގުމުގެ 51% ހަރަދުކުރަނީ ހދ އަތޮޅު ކައުންސިލްގެ މާލިއްޔަތުންނެވެ. ބާކީ 49% ހަރަދުކުރާނީ ކުމުންދޫ ކައުންސިލުންނެވެ.

ހދ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން ހިންގާ މިޕްރޮޖެކްޓްގެ މިދިޔަ ހަފްތާ ހދ ނެއްލައިދޫގައި ފަށާފައިވާއިރު އަންނަ ހަފްތާތެރޭ ކުޅުދުއްފުށީގައި ފަށަން ވަނީ ހަމަޖެހިފަ އެވެ.

މިރަސްމިއްޔާތާ ގުޅޭ އިތުރު ފޮޓޯތައް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355