އަފީފުއްދީން ސްކޫލުގެ ޕްރިފެކްޓްބޯޑާއި ކުލަބުތައް 2018ވަނަ އަހަރަށް އިފްތިތާހްކޮށްފި އެވެ. މިހަފުލާގެ ޝަރަފުވެރިމެހެމާނަކީ އެސްކޫލުގެ ޕީޓީއޭގެ ނައިބު ރައީސް ނަޙީޒު އަހުމަދު ސައީދެވެ.
ކޮންމެ މަޤާމަކީ އެމަޤާމަކާއެކު ޒިންމާތަކެއް ހިމެނިފައިވާ ކަމެއްގެ ގޮތުގައި ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ޕްރިފެކްޓްބޯޑަށްހޮވިފައިވާ ދަރިވަރުންނާ ސްކޫލުގެ އިސްމަޤާމުތަކަށް ހޮވުނު ދަރިވަރުން އެހެން ދަރިވަރުންނަށް ފުރިހަމަ ނަމޫނާއަކަށްވުމަށް ނަސޭހައިތްތެރިވެ ވަޑައިގެންނެވިއެވެ. ކޮންމެ މަޤާމަކާއެކު އިތުރު ޕްރެޝާރތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށާ، މިކަމަށް އޮއިތް ހައްލަކީ ކަންކަމަށް ދުރާލާތައްޔާރުވެ ކުރިމަތިލުންކަމުގައި ޝަރަފުވެރި މެހެމާނު ވިދާޅުވިއެވެ.
އާފީފުއްދީން ސްކޫލުގެ ޕްރިފެކްޓް ބޯޑާއި ކުލަބުތައް އިފްތިތާހުކުރުމުގެ ތެރެއިން–
މިއަހަރު މުޅިންއަލަށް ޕްރިފެކްޓުބޯޑާއި 37 ދަރިވަރަކު ގުޅިފައިވެއެވެ. މިދަރިވަރުންނަށް ޕްރިފެކްޓް ހުވާލާދެއްވީ ޢަފީފުއްދީން ސްކޫލުގެ ޢަރަބިޓީޗަރ މުހައްމަދު މުސްތަފާއެވެ. މިހަފްލާގައި ސްކޫލުގެ އިސްމަޤާމުތަކަށް ހޮވުނުދަރިވަރުންނަށް ސޭޝް، ޓެގު އަދި ސެޓްފިކެޓްވަނީ ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން ސްކޫލުގެ ޔުނީފޯމު ހަރަކާތްތަކާ ކުލަބުތަކުގެ ވިލަރެސްވެރިންނަށް މަސްއުލިއްޔަތު ހަވާލުކުރުންވެސް މިރަސްމިއްޔާތުގައި ކުރިއަށް ގެންދެވިފައިވެއެވެ.
އާފީފުއްދީން ސްކޫލުގެ ޕްރިފެކްޓް ބޯޑާއި ކުލަބުތައް އިފްތިތާހުކުރުމުގެ ތެރެއިން–ފޮޓޯ: އަފީފުއްދީން ސްކޫލް
މިއަހަރު އަފީފުއްދީން ސްކޫލުގެ ކެޕްޓަނެއްގެ ގޮތުގައި ހޮވިފައިވަނީ 10އޭގެ ދަރިވަރު އަފްރާދު މުހައްމަދެވެ. ޑެޕިޔުޓީ ކެޕްޓަނުންގެ ގޮތުގައި ހޮވިފައިވަނީ 10އޭގެ ދަރިވަރު ރައުޝާ އާދަމްވަހީދާއި، 9އޭގެ ދަރިވަރު އަހުމަދު ރައްޔާން އާދަމްއެވެ.