twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހޮނޑާފުށިން، ނަޝީދަށް ލިބުނު ދިހަ ވަޒީފާގެ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފި

Feb 3, 2018

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ހދ ހޮނޑާފުށީ އަންނަމަހު ހުޅުވަން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.

އެ ރިސޯޓްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ހުޅުވިގެންދާއިރު ކުޅުދުއްފުށީ ދެކުނު ދާއިރާ 10 ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމުގެ ފުރުސަތު އެ ރިސޯޓްގެ މެނޭޖުމެންޓްއިން ކުޅުދުއްފުށީ ދެކުނު ދާއިރާފެ މަޖިލިސް މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދަށް ވަނީ ދީފަ އެވެ.

އެކަމާ ގުޅިގެން ނަޝީދުގެ އޮފީހުން ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ މިކަމުގައި ނަޝީދުގެ ދައުރަކަށް ވާނީ ވަޒިފާ ހަމަޖެއްސުމެއް ނޫން ކަމަށާއި ނަޝީދަށް އޮތީ ދިހަ ޖާގައަށްވާ ވަރަށް ނަންތައް ފޮނުވައިދިނުން ކަމަށެވެ. އަދި ވަޒީފާގެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ވަޒީފާ ދޭނީ ވެސް އަދި ނުދޭނީވެސް ރިސޯޓްގެ މެނޭޖްމެންޓުންކަމަށް އެއިއުލާނުގަ ވެ އެވެ.

އެެހެންކަމުން ހޮނޑާފުށީގައި ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތަކުން ފަތުރުވެރިކަމުގެ ދާއިރާއިން ނުވަތަ އެދާއިރާއާ ގުޅުން ހުރި ދާއިރާއަކުން ތައުލީމާއި ތަޖުރިބާ އާއި ނުވަތަ ހުނަރު ހުރި ފަރާތްތަކުން، ތައުލީމީ ސެޓްފިކެޓްތަކާއި ލިޔުންތައް ނަޝީދުގެ އޮފީހަށް މިމަހު 8 ގެ ނިޔަލަށް ފޮނުވުމަށް އެދޭ ކަމަށެވެ. [email protected]މެއިލްކޮށްދެއްވުމަށެވެ.

އިއުލާންގައި އިތުރަށް ބުނެފައިވަނީ ދިހަ ޖާގައަށް ދެކުނު ދާއިރާއިން ކުދިން ހަމަނުވެއްޖެނަމަ ބާކީވާ އަދަދު ހަމަކުރަން އުތުރުދާއިރާގެ ކުދިންނަށްވެސް މި 10 ޖާގައިގެ ތެރެއިން ފުރުސަތުދީ، އެކުދިންގެ ނަންތައްވެސް ރިސޯޓްގެ މެނޭޖްމެންޓަށްވެސް ފޮނުވައިދޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އިތުރު ސުވާލެއްވާ ނަމަ ނަޝީދުގެ އޮފީހުގެ 3318558 ނަމްބަރު ފޯނަށް ގުޅާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނަޝީދު އޮފީސް ހުޅުވިފައި ހުންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 ން ހަވީރު 5 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355