twitterviber whatsapp telegramfacebookyoutube instagram
24th April 2024

އެމްއޭއެމް އިން ކުޅުދުއްފުށީގައި ޑިޕްލޮމާ އިން ލީޑާރޝިޕް އެންޑް މެނޭޖްމެންޓްގެ ކޯހެއް ފަށަނީ

Feb 4, 2018

އެމްއޭއެމް ބިޒްނަސް ސްކޫލުގެ ފަރާތުން ކުޅުދުއްފުށީގައި ޑިޕްލޮމާ އިން ލީޑާރޝިޕް އެންޑް މެނޭޖްމެންޓްގެ ކޯހެއް ފެށުމަށް ހަމަޖެހިއްޖެ އެވެ.

އެސްކޫލުން ބުނީ މިވަގުތު ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެހިފައިވަނީ މި ކޯސް އެކަނި ކަމަށާއި އެހެން ނަަމަވެސް ކުރިއަށްއޮތް ތަނުގައި ތަރުހީބު ލިބޭ ވަރަކަށް އިތުރު ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މަސައްކަތް މި ކުރަނީ މި ފެބްރުއަރީ ނުވަތަ މާރޗް މަހު ކޯސް ފެށުމަށް ކަމަށާއި މިއީ 1 އަހަރުގެ ކޯހެއް ކަމަށެވެ. ކޯހުގައި ކިޔަވައި ދޭނީ އެ ދާއިރާއިން ޑިގްރީ ހަދާފައިތިބި ތަޖުރިބާކަރު ޓީޗަރުން ކަމަށާއި ކޯސްކުރިއަށް ދާނީ ބްލޮކް މޯޑަށް ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.

ޖުމްލަ 5 މޮޑިއުލްއަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މި ކޯހުގެ ފީ އަކީ މަހަކު 2600 ރުފިޔާއެވެ. އަދި ރެޖިސްޓްރީ ފީ ގެ ގޮތުގައި 500 ރުފިޔާ ނެގޭނެ އެވެ.

ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ މޮޑެއުލްތަކަކީ:

– އިންޓަނޭޝަނަލް ބިޒްނަސް

– އިންޓަނޭޝަނަލް ފައިނޭންސިއަލް މެނޭޖްމެންޓް

– އިންޓަނޭޝަނަލް ހިއުމަން ރިސޯސް މެނޭޖްމެންޓް

– އިންޓަނޭޝަނަލް މާކެޓިން މެނޭޖްމެންޓް

– ލީޑާރޝިޕް މެނޭޖްމެންޓް

ކޯހުގެ ރެޖިސްޓްރީ ފޯމް އެ ސްކޫލުގެ ވެބްސައިޓް mambs.edu.mv ލިބެން ހުންނާނެ އެވެ. އަދި އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް 9141072 ނަމްބަރާ ގުޅުއްވުމަށް އެސްކޫލުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355