twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެންމެ ފަހުން އަތޮޅު ޤުރުއާން މުބާރާތް ކުޅުދުއްފުށީގައި ބާއްވަން ނިންމައިފި

Feb 5, 2018

ހދ އަތޮޅު ޤުރުއާން މުބާރާތް ހޯސްޓްކުރާނެ ރަށެއް ހޯދުމަށް އަތޮޅު ކައުންސިލް ހުޅުވާލި ފުރުސަތުތަކުގައި އެއްވެސް ރަށަކުން އެކަމަށް ޝައުގުވެރިކަންފާޅުކޮށްފައިނުވާތީ، މިއަހަރުގެ ޤުރުއާން މުބާރާތް ކުޅުދުއްފުށީގައި ބާއްވަން އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ހޯދުމަށް އަތޮޅު ކައުންސިލުން ދެ ފަހަރަކު ހުޅުވާލި އެވެ. ފުރަތަމަ ހުޅުވާލީ ކައުންސިލުތަކަށެވެ. އެފަހަރު އެއްވެސް ކައުންސިލަކުން ޝައުގުވެރިކަންފާޅުކޮށްފައިނުވުމުން ދެ ވަނަ ފަހަރަށް ހުޅުވާލީ ކައުންސިލްތަކަށާއި ކުލަބު ޖަމިއްޔާތަކަށެވެ. އެކަމަކު އެފަހަރުވެސް އެކަމަށް އެއްވެސް ފަރާތަކުން ފޯމް ހުށަހަޅާފައެއް ނުވެ އެވެ.

އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް މިއަދު ކޭއޯއަށް ވިދާޅުވީ، މިއަހަރުގެ އަތޮޅު ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުތަކުގައި އެއްވެސް ރަށަކުން ކުރިމަތިލާފައިނުވާތީ، މިއަހަރުގެ ޤުރުއާން މުބާރާތް ކުޅުދުއްފުށީގައި ބާއްވަން ނިންމީ ކަމަށެވެ.

މިދިޔަ ދެ އަހަރުވެސް އަތޮޅު ޤުރުއާން މުބާރާތް ހޯސްޓްކޮށްފައިވަނީ ނެއްލައިދޫ ކައުންސިލުންނެވެ.

ހދ އަތޮޅު ޤުރުއާން މުބާރާތް މިއަހަރު ބާއްވަން ގަސްތުކޮށްފައިވަނީ އެޕްރީލްމަހު ތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355