ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2018، ށ މިލަންދޫގައި ބާއްވަން ނިންމާ، އެކަން އެތުލެޓިކްސް އެސޯސިއޭޝަން އިއުލާންކޮށްފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ އޮފިޝަލަކު މިއަދު ކޭއޯއަށް ވިދާޅުވީ މިއަހަރުގެ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ހޯސްޓްކުރަނީ މިލަންދޫއިން ކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް މިހަފްތާ ތެރޭގައި ހުޅުވާލާނެކަމަށެވެ.
މިއަހަރުގެ މިމުބާރާތް އޮންނާނީ މާރޗުމަހު، މިޑްޓާމް ހޮލިޑޭގެ ފުރަތަމަ ހަފްތާތެރޭގަ އެވެ.
މިދިޔަ އަހަރު މިމުބާރާތް ހޯސްކޮށްފައިވަނީ އައްޑޫ ސިޓީގަ އެވެ. މިމުބާރާތުން ކޮންމެ އަހަރުވެސް ޒުވާން އެތުލީޓުން ވިދާލަ އެވެ.