twitterviber whatsapp telegramfacebookyoutube instagram
27th April 2024

ނޭކުރެންދޫގައި ޖަލު ނޭޅުމަށް ނިންމުމުން ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފި

Feb 7, 2018

2010 ވަނަ އަހަރުގެ ނޮވެމްބަރމަހު ތެރޭގައި ނޭކުރެންދޫގައި އެޅުމަށް އިއުލާން ކުރި ޖަލުގެ މަސައްކަތް ނުފެށި އެތައް އަހަރެއް ފާއިތުވި ފަހުން ޖަލު ނޭޅުމަށް ނިންމި ނިންމުމާ މެދު އެރަށު ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ނޭކުރަންދޫ ކައުންސިލްގެ ރައީސް އިބްރާހިމް މައޫޒް ކޭއޯއަށް ވިދާޅުވީ ނޭކުރެންދޫގައި އެޅުމަށް ނިންމި ޖަލަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށާއި ސަބަބަކީ ބޮޑު މަޝްރޫއަކަށްވެފައި ރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދާނެތީ ކަމަށެވެ. އެހެންކަމުން މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ނިންމި ނިންމުމަކީ ކައުންސިލުން ވަރަށް ކަންބޮޑުވާ ކަމެއްކަަމަށް މައޫޒް ވިދާޅުވި އެވެ.

ރައީސް ނަސީދުގެ ވެރިކަމުގައި އެރަށުގައި އެޅުމަށް ނިންމި މި ޖަލަކީ 300 ގައިދީންނަށް ދިރިއުޅެވޭނެހެން، ސަލާމަތީ ގޮތުން ވަރުގަދަ އަދި ގައިދީންނަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބޭ ގޮތަށް އެޅުމަށް ނިންމި ޖަލެކެވެ.

ޖަލުގެ މަސައްކަތް ފެށުމަށްޓަކައި ޖަލު އެޅުމަށް ނިންމި 21 ހެކްޓަރުގެ ސަރަހައްދުން ވަނީ ރުއްގަސް ކަނޑާ އެތަކެތީގެ ބަދަލުވެސް ރައީސް ނަސީދުގެ ވެރިކަމުގައި ދީފަ އެވެ. މިއީ ރައްޖޭގެ އުތުރާއި ދެކުނުގައި ޖަލު އެޅުމަށް އެސަރުކާރުން ނިންމި މަޝްރޫއުގެ ތެރެއިން ނޭކުރަންދޫގައި އެޅުމަށް ނިންމި ޖަލެކެވެ.

2010 ވަނަ އަހުގެ މި ޖަލު މަޝްރޫއު އިއުލާންކޮށްފައިވަނީ 2012 ވަނަ އަހަރުގެ ނިޔަލަށް ޖަލުގެ ބައެއް ނިންމާ ބޭނުން ކުރަންފަށާ ގޮތަށެވެ. އެއަށްފަހު 3 އަހަރު ފާއިތުވެގެން ދިޔައިރުވެސް ޖަލު އަމަލީ އެއްވެސް މަސައްކަތެއް ފަށާފައެއްނުވެއެވެ. އެއަށްފަހު 2014 ވަަނަ އަހަރު ހޯމް މިނިސްޓްރީ ވަނީ ޖަލުގެ މަސައްކަތް ލަސްވަނީ ބަޖެޓް ނެތުމުން ކަމަށް ވިދާޅުވެ 2015 ވަނަ އަހަރުގެ ހިމަނާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއަހަރު ޖަލުގެ އެއްވެސް އަޑެއް ނީވީ ޖެހިގެން އައި 2016 ވަނައަހަރު ވަނީ 48 މިލިއަން ރުފިޔާގެ ބަޖެޓެއް މި މަޝްރޫއަށް ހަމަޖައްސާފަ އެއަހަރުގެ ފުރަަތަމަ 6 މަހުގެ ތެރޭގައި މަސައްކަތް ފެށުމަށް ފެށުމަށް ނިންމާފަ އެވެ.

ނޭކުރެންދޫގައި ޖަލު ނާޅާނެކަން އަންގާފައިމިވަނީ ނޭކުރެންދޫގައި އަޅާ ޖަލާއި ބެހޭގޮތުން މައުލޫމާތު ހޯދުމަށް ހދ އަތޮޅު ކައުންސިލުން ހޯމް މިނިސްޓްރީއަށް ފޮނުއްވި ސިޓީއެއްގެ ޖަވާބުގަ އެވެ. އެ ނިންމު ބާތިލް ކުރިކަމަށް އަންގާ އަތޮޅު ކައުންސިލަށް ހޯމް މިނިސްޓްރީ ފޮނުވި ސިޓީގައި ބުނެފައިވަނީ ނޭކުރެންދޫގައި ޖަލު ނޭޅުމަށް ނިންމީ މި ވަގުތު ގާއިމްކޮށްފައިވާ ޖަލުތަކުގައި ޖާގަ ހުރުމާއި، ޝަރީއަތަށް ނުވަތަ އިސްތިއުނާފް މަރުހަލާތަކަށް މީހުން މާލެ ގެނައުމުގައި ހަރަދުގެ ގޮތުންނާއި ސަލާމަތީ ގޮތުން، ދަތިތަކެއް ހުރުމުން ކަމުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355