twitterviber whatsapp telegramfacebookyoutube instagram
15th August 2026

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

Feb 5, 2018

15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިއުލާންކޮށްފި އެވެ.

މިރޭ ގަތްގަނޑަކަށް 19:00 ގައި ކުއްލި ހާލަތު އިއުލާންކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އޮފީހުގެ މިނިސްޓަރު އާޒިމާ ޝުކޫރެވެ.

އެގޮތުން ކުއްލި ހާލަތުގެ ނުރައްކަލުގައި އަމަލުކުރުން ހުއްޓާލަން ނިންމި ގާނޫނުއަސާސީގެ މާއްދާތަކަކީ ގާނޫނުއަސާސީގެ 24، 29، 31، 32، 43، 44، 45، 46، 47، 49، 50، 56، 58، 65، 99، 100، 101، 113، 145ގެ ނ، އަދި 228 ވަނަ މާއްދާ. ޖިނާއީ އިޖުރާއަތުގެ ގާނޫނު، ފަނޑިޔާރުންގެ ގާނޫނުގެ 12 އަދި 14 އެވެ.

އެޓާނީ ޖެނެރަލް އަނިލް ވެސް ބައިވެރިވެލެއްވި ކޮންފަރެންސްގައި އަނިލް ވިދާޅުވީ މިކަމުގައި ޝާމިލް ނުވާ އެއްވެސް މީހެއްގެ އާންމު ދިރިއުޅުމަށް އުނދަގުލެއް ނުވާނެ ކަމަށާއި އަދި އެއްވެސް ވިޔަފާރިއަކަށް އަދި ޓޫރިސްޓަކަށް މިއިން ދަތިކަމެއް ކުރިމައްޗެއް ނުވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355