twitterviber whatsapp telegramfacebookyoutube instagram
26th May 2025

މި ގައުމުގައި ޑިކްޓޭޓަރުންނަށް ސަލާމަތެއް ނެތް: އުމަރު

Feb 7, 2018

މި ގައުމުގައި ޑިކްޓޭޓަރުންނަކަށް ސަލާމަތެއްނުވެވޭނެ ކަމަށާއި ދިވެހިންނަކީ އެމީހުންގެ އުސޫލުތަކާއި ގަބޫލްކުރުންތަކަށް ދޫކޮށްލާބައެއް ނޫންކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އަދި މިޓްވީޓްގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ހިނގާ ދިޔަކަންކަމަށް ރިއާޔަތްކޮށް އުމަރު ވިދާޅުވީ މީގެ ހަ އަހަރު ކުރިން ވެސް މިފަދަ ހަމަލާތަކެއް ޖުޑިޝަރީއަށް ދީފައިވާ ކަމަށާއި ނަމަވެސް އެއީ ނާކާމިޔާބުވެފައިވާ އުކުޅުތަކެއް ކަމަށާއި ހުރިހާ ޑިކްޑޭޓަރުންވެސް 7 ފެބްރުއަރީ އިން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ.

Happy 7th Feb. All dictators must learn a lesson from 7/2/2012. Maldivians are great people and they do not surrender their values, beliefs and principles easily. Dictators wont survive. My best wishes to all my comrades.

— Umar Naseer (@UmarNaseerMV) February 6, 2018

މީގެ އިތުރުން މިއަދު އުމަރު ކުރެއްވި އެހެން ޓްވީޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު ބޭނުންފުޅު ކުރައްވަމުން އެ ގެންދަވަނީ ފެއިލްވެފައިވާ ޓެކްޓިކްސް ތަކެއްކަމަށާއި ތާރީހު އަންނަނީ އިއާދަވަމުން ކަމަށެވެ.

History is repeating. It was 6years ago that we witnessed a similar assault on the judiciary. These are failed tactics. I call on Pres Yameen to release his brother @maumoonagayoom, CJ Abd Saeed, Judge Ali Hameedh and now Qasim’s son Siyad.

— Umar Naseer (@UmarNaseerMV) February 6, 2018

އަދި މި ޓްވީޓް ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު އާއި ގާސިމް އިބްރާހިމްގެ ދޮށީ ދަރިކަލުން ސިޔާދު ގާސިމް ދޫކޮށްލުމަށް އުމަރު ރައީސް ޔާމީނަށް ގޮވާލާފައި ވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355