twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދެ ކައުންސިލް ގުޅިގެން ހަދާ 2 ކޮޓަރީގެ އެޕާޓްމަންޓްގެ ބިންގާ އަޅައިފި

Feb 8, 2018

ހދ. އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން އިމާރާތްކުރާ 2 ކޮޓަރީގެ އެޕާޓްމަންޓްގެ މަޝްރޫއުގައި ސޮއިކޮށް، އިމާރާތުގެ ބިންގާ އަޅައިފި އެވެ.

ހދ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން، ކޮންމެ ރަށެއްގައިވެސް ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ބޭނުންމަކީ ރަށު ކައުންސިލުތަކުގެ މާލިއްޔަތަށް ފައިސާ އިތުރުކުރުމެވެ.

މިމަޝްރޫއު ފެށުމުގެ ދާދި ދެންމެއަކު ބޭއްވި ރަސްމިއްޔާތެއްގައި ހދ އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އަހުމަދު އާތިފެވެ. ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން ސޮއެކުރެއްވީ އެރަށު ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އެވެ. ދެ ކޮޓަރި އެޕާޓްމަންޓްގެ ބިންގާވެސް އަޅުއްވާދެއްވީ މި ދެ ބޭފުޅުންނެވެ.

ދެ ކޮޓަރީގެ އެޕާޓްމަންޓްގައި މިއަދު ބިންގާ އަޅަނީ–

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރަށު މާލިއްޔަށް ވަންނަ ފައިސާ އިތުރުކުރެވިގެންދާނެ ކަމަށެވެ. އަދި ކައުންސިލްގެ ވިސްނުމަކީ މިފަދަ ގިނަ ޕްރޮޖެކްޓްތައް އިތުރުކުރުން ކަމަށާއި ކުރިއަށް އޮތްތާގައިވެސް މިފަދަ ޕްރޮޖެކްޓްތައް އަންނާނެކަމުގެ ފެހި ސިގްނަލް އަތޮޅު ކައުންސިލުން ދީފައިވާކަމަށް އަބުދުލް ލަތީފް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްތަކުގެ މެއިންޑޭޓް ތެރޭގައި ހިމެނެނީ ރަށު ކައުންސިލްތައް މޮނީޓަރކުރުމާއި ފަންނީ އެހީތެރިކަންދިނުންކަން ފާހަގަކުރައްވަމުން އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް ވިދާޅުވީ މާލީ ދަތިތަކާ ހުރެ އެމަސައްކަތްތައްވެސް ކުރަން އަތޮޅު ކައުންސިލަށް އުނދަގޫވެފައިވާ ކަމަށެވެ. އާތިފް ވިދާޅުވީ، މި މަޝްރޫއުއަކީ ހދ އަތޮޅު ކައުންސިލްގެ ބެލެނިވެރިކަމުގައި ހުރި ކައުންސިލްތަކުގެ މާލިއްޔަތު އިތުރު ކުރެވޭގޮތްތަކެއް ހޯދާދިނުމުގެ ބޭނުމުގައި ފަރުމާކުރެވިގެން ކުރިއަށްގެންދަން ފެށި މަޝްއޫރުއެއްކަމަށެވެ.

ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން–

ދެ ކޮޓަރީގެ މިމަޝްރޫއުއަށް އަތޮޅު ކައުންސިލުން 175،000ރ ދީފައިވާއިރު ކުޅުދުއްފުށީ ކައުންސިލުން ތިންލައްކަ ރުފިޔާ މިޕްރޮޖެކްޓަށް ހަރަދުކުރެވިގެންދާނެ އެެވެ. ވޭވްލައިނާ ހަވާލުކުރެވިގެން ކުރިއަށްގެން މިމަޝްއޫރު 2 މަސްދުވަހުގެ ތެރޭގައި ނިންމާ ކައުންސިލާ ހަވާކުރަން ޖެހޭނެ އެވެ. ދެ ކޮޓަރީގެ މިއެޕާޓްމަންޓް އިމާރާތްކުރާނީ މާވާގެ ކައިރީގައި އޮންނަ ހުސް ބިމުގަ އެވެ.

ކުޅުދުއްފުށީގެ އިތުރުން މިމަޝްރޫއު ވަނީ ނެއްލައިދޫ އާއި ކުމުންދޫގައި ފަށާފައި އެވެ.  މިމަޝްރޫއުގެ ދަށުން މިދައުރުގައި ހދ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައި ތަރައްގީގެ މަޝްރޫއުއެއް ހިންގާނެ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355