twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ އުފަން ދަރިޔަކަށް ނުވިޔަސް އަޅުގަނޑަކީ ކުޅުދުއްފުށީ މީހެއް: ހުސެއިން

Feb 8, 2018

ބައެއް ހާލަތުގައި އުފަން ދަރީންނަށްވުރެ ދޮން ދަރީންވެސް ރަނގަޅުވާ ހާލަތުތައް އަންނަކަމަށާއި އެގޮތުން ކުޅުދުއްފުށީގެ އުފަން ދަރިއެއްކަމުގައި ނުވިޔަސް އަޅުގަނޑު ދެކެނީ އަޅުގަނޑަކީ ކުޅުދުއްފުށީގެ މީހެއްގެ ގޮތުގައި ކަމަށް ހދ އަތޮޅު ކައުންސިލްގެ ނޮޅިވަރަމް ދާއިރާގެ ކައުންސިލަރު ހުސެއިން ހަސަން ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން އިމާރާތްކުރާ ދެ ކޮޓަރީގެ އެޕާޓްމަންޓް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނޮޅިވަރަމް ދާއިރާގެ ކައުންސިލަރު ހުސެއިން ހަސަން ވިދާޅުވީ ކުޅުދުއްފުށީގައި މިޕްރޮޖެކްޓް މިއަދު ފެށިގެންދާތީ ހަގީގަތުގައިވެސް ވަރަށް އުފާކުރާކަމަށާއި ކުޅުދުއްފުށީގެ އުފަން ދަރިއެއްކަމުގައި ނުވިޔަސް މިއަދު ހަމަ އިހްސާސްކުރެވެނީ ކުޅުދުއްފުށީގެ ދަރިއެއްގެ ގޮތުގައި ކަމަށް ހުސެއިން ވިދާޅުވި އެވެ.

“ބައެއް ހާލަތްތަކުގައި އުފަން ދަރިންނަށްވުރެ ދޮން ދަރިންވެސް ރަނގަޅުވާ ހާލަތު އާދޭ. އެގޮތުން އަޅުގަނޑު ދެކެނީ ކުޅުދުއްފުށީގެ އުފަން ދަރިޔަކަސް ނުވިޔަސް އަޅުގަނޑަކީ ކުޅުދުއްފުށީގެ މީހެއްގެ ގޮތުގައި.” ހުސެއިން ހަސަން ވިދާޅުވި އެވެ.

ހުސެއިން ހަސަން ކުޅުދުއްފުށީގައި ދިރިއުޅޭތާ 14 އަހަރަށްވުރެ ގިނަ އަހަރުވެފައިވާއިރު އޭނާގެ ވިޔަފާރިއެއްވެސް އަންނަނީ ކުޅުދުއްފުށީގައި ހިންގަމުންނެވެ. ހުސެއިން ހަސަންގެ އުފަން ރަށަކީ ހދ ކުނބުރުދޫ އެވެ. ނަމަވެސް ކުނބުރުދޫ މީހުން ބަދަލުކޮށްފައިވަނީ ނޮޅިވަރަންފަރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355