twitterviber whatsapp telegramfacebookyoutube instagram
20th April 2024

މަތިއުތުރުގައި ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުން އެލައިޑްގެ އިންޝުރެންސް ކާޑު ބޭނުންކޮށްގެން ބޭސްފަރުވާ ކުރެވޭގޮތަށް ހަމަޖައްސައިފި

Mar 14, 2011

އިބްރާހިމް ހަމީދު

އަޕަރ ނޯތު ހެލްތު ސަރވިސަސް ކޯޕަރޭޝަނުން މަތިއުތުރުގައި ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުން އެލައިޑްގެ އިންޝުރެންސް ކާޑު ބޭނުންކޮށްގެން ބޭސްފަރުވާ ކުރެވޭގޮތަށް  ހަމަޖައްސައިފިއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދޭ ކުންފުނިން ބޮޑު ތިލަދުންމަތީގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި އެލައިޑް ކާޑު ބޭނުންކުރެވޭ ގޮތަށް ހަމަޖެއްސުމަށްޓަކައި އަޕަރ ނޯތު ހެލްތު ސާވިސަސް ކޯޕަރޭޝަންއާ އެކު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އަޕަރ ނޯތް ހެލްތް ސާރވިސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ކުޅުދުއްފުށީ އޮންލައިންއަށް ފޯނުން މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ސޮއި ކުރެވުނު އެއްބަސްވުމާ ގުޅިގެން ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ފުނަދޫގައި ހުންނަ ށ.  އަތޮޅު ހޮސްޕިޓަލުން އެލައިޑްގެ ކަސްޓަމަރުންނަށް މިއަދުން ފެށިގެން އެލައިޑް އިންޝުއަރެންސް ކާޑް ބޭނުން ކޮށްގެން ބޭސްފަރުވާ ކުރެވޭނެ ކަމަށެވެ. އަދި އެކޯޕަރޭޝަންގެ ދަށުން ހިނގަމުންދާ އެހެން ސިއްހީ މަރުކަޒުތަކުންވެސް ވަރަށް އަވަހަށް އެހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ

އެލައިޑް އިންޝުރެންސް ކޮމްޕަނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަހުމަދު އަމީލް އެވެ. މަތި އުތުރުގެ ހެލްތް ސާރވިސަސް ކޯޕަރޭޝަނުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން އެވެ.

ކުޅުދުއްފުށީ ޕޯޓް ލިމިޓެޑާއި ކުޅުދުއްފުށީ ކޯޓްގެ މުވައްޒަފުންގެ އިތުރުން ހއ އަތޮޅުގައި ހުރި ރިސޯޓްތަކުގެ މުވައްޒަފުނަކީ އެލައިޑްގެ ކަސްޓަމަރުންކަމުގައި މައުލޫމާތު ލިބިފައިވެއެވެ. މިީގެ އިތުރުންވެސް ތަފާތު އެކި މުއައްސަސާތަކުގެ މުވައްޒަފުން އެލައިޑްގެ ޕްރޮގްރާމްގައި ވަނީ ބައިވެރިކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355