twitterviber whatsapp telegramfacebookyoutube instagram
18th February 2026

ނޮޅިވަރަންފަރުގައި ހެދި ދެ ވޮލީކޯޓް ހުޅުވައިފި

Feb 15, 2018

ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގައި ހިމެނިފައިވާ ކުޅިވަރު އެރީނާތައް ތަރައްޤީ ކުރުމުގެ ޕުރޮގުރާމްގެ ދަށުން ހދ ނޮޅިވަރަންފަރުގައި ހެދި ދެ ވޮލީކޯޓް ހުޅުވައިފި އެވެ.

މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ދެ ވޮލީކޯޓް ހުޅުއްވައިދެއްވީ އެރަށު ކައުންސިލުގެ ޒިންމާދާރުވެރިޔާ ހުސެއިން އަބްދުއްﷲ އާއި އެސިސްޓެންޓް ޑިރެކްޓަރ އަބްދުލް ހަކީމް އަބޫބަކުރެވެ.

މިއީ ނޮޅިވަރަންފަރަށް ލިބިގެން ދިޔަ ތަރައްގީއެއްކަން ފާހަގަކުރައްވަމުން ޒިންމާދާރުވެރިޔާ ހުސެއިން އަބުދުﷲ ވިދާޅުވީ މި ދެ ވޮލީ ކޯޓަކީވެސް އަމިއްލަ ތަނެއްކަމުގައި ދެކިގެން ސާފުކޮށް ބޭއްވުމަށާއި އަދި ތަން ހަލާކުނުވާނެ ފަދަގޮތަކަށް އަމަލުތައް ހުރިހާ ފަރާތްތަކުންވެސް ބެހެއްޓުމަށް އޭނާ އެދިލެއްވި އެވެ.

ނޮޅިވަރަންފަރު ރަސްމީ ބޯޅަދަނޑު ސަރަހައްދުގައި ހުޅުވި މި ދެ ވޮލީކޯޓް ހުޅުވުމުގައި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ޒުވާނުންނާއި އެރަށުގައި ގާއިމުކުރެވިފައިވާ މުވައްސަސާތުގެ ވެރިން އަދި އާންމު ބައިވެރިވި އެވެ. މިރަސްމިއްޔާތުގައި އަންހެން އަދި ފިރިހެން ވޮލީ މެޗެއްވެސް ކުޅުނެވެ.

ގިނަ އަދަދަކަށް ޒުވާނުން ނޮޅިވަރަންފަރުގައި ވޮލީ ކުޅެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355