twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަކުނުދޫގައި ގާއިމުކުރި އައިސްޕްލާންޓް ހުޅުވާ، އައިސް ދޫކުރަން ފަށައިފި

Feb 18, 2018

ސަރުކާރުން ހދ މަކުނުދޫގައި ގާއިމުކުރި އައިސް ޕްލާންޓް ހުޅުވާ، ކަންނެލި އޮޑިފަހަރަށް އައިސް ދޫކުރަން ފަށައިފި އެވެ.

ހދ އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ކަނޑުމަހުގެ މަސްވެރިކަން ކުރަމުންދާ މަކުނުދޫގައި އައިސް ޕްލާންޓެއް ގާއިމުކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ ވައުދުފުޅެކެވެ.

ސީ ޓްރެޒަރސް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ހެދި މި އައިސް ޕްލާންޓް ހިންގަނީވެސް އެކުންފުނިންނެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ކޭއޯއަށް ވިދާޅުވީގޮތުގައި އައިސް ޕްލާންޓް ހުޅުވި، ހިދުމަތް ދޭން ފެށުމުން އައިސް ހޯދުމަށް އެރަށުގެ މަޝްވެރިން ކުރާ މަސައްކަތްތަށް އެތައް ފަސޭހަތަކެއް ލިބިގެންގޮސްފައިވާ ކަމަށެވެ. ރަށުން އައިސް ލިބޭނެގޮތް ވުމަކީ މަސްވެރިން ވަރަށް ބޭނުންވެގެން ސަރުކާރުގައި އެދުނުކަމަށްވާއިރު މިއަދު މި ހިދުމަތް ރަށުން ލިބެން ފެށުމުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރައްވާކަމަށް ޝާކިރު ވިދާޅުވި އެވެ.

” މިރަށުގެ މަސްވެރިން ވަރަށް ބޭނުންވި ކަމެއް، ހާސިލްވެގެން މި ދިޔައީ. ރައީސް ޔާމީނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރަން.” މަކުނުދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މަކުނުދޫގައި ގާއިމުކުރި މި އައިސް ޕްލާންޓުން ހަދަނީ ކަންނެލި އޮޑިފަހަރަށް ހާއްސަ ސްނޯ އައިސް އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އައިސް ވިއްކާ އަގަށް އެރަށުންވެސް މަސް ދޯނި ފަހަރަށް އައިސް ލިބެން ހުންނާނެ ކަމަށެވެ.

މަކުނުދޫގައި ގާއިމްކުރި އައިސް ޕްލާންޓް–ފޮޓޯ: ޝާކިރު

މި އައިސް ޕްލާންޓް ގާއިމުކޮށްފައިވަނީ މަކުނުދޫގެ އުތުރު ފަރާތުގެ ހުރަސް ޖެޓީގަ އެެވެ.

ރާއްޖޭގެ އެންމެ އުތުރުން ހުޅަނގަށް އޮންނަ ހދ. މަކުނުދޫއަކީ މަސްވެރިކަމަށް ބަރޯސާވެފައިވާ ރަށެކެވެ. ޖިޔޮގުރަފީގެ ގޮތުން ވަކި އަތޮޅަކަށް އޮންނަ އެރަށުގެ ފަޅަކީ 17 މޭލު ދިގު 12 މޭލު ފުޅާ ބިޔަ ފަޅެއް ލިބިފައިވާ ރަށެކެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355