twitterviber whatsapp telegramfacebookyoutube instagram
26th April 2024

800 ކިލޯވޯޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް، ކަރަންޓް މައްސަލަ ހައްލުކޮށްފި

Feb 19, 2018

ކުޅުދުއްފުއްޓަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ގެނައި 800 ކިލޯވޯޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް، ކަރަންޓް މެދުކެނޑުމުގެ މައްސަލަ ހައްލުކޮށްފި އެވެ.

ކުޅުދުއްފުށިން ކަރަންޓް ކަނޑަން ޖެހުނީ 1 މެގަ ވޯޓްގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މައްސަލަ ޖެހުނު ޖަނަރޭޓަރަށް ބޭނުންވާ ސްޕެރ ރާއްޖޭއިން ބޭރުން ގެންނަން ޖެހުމުން ދުވަސްތަކެއްވާތީ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކޮށްފައިމިވަނީ 800 ކިލޯވޯޓްގެ ބުރޭންޑް އާ ޖަނަރޭޓަރެއް ގެނެސް، އިންސްޓޯލްކޮށްގެންނެވެ.

ފެނަކަ ކޯޕަރޭޝަންގެ ހދ މެނޭޖަރު އާދަމް މުހައްމަދު މިއަދު ކޭއޯއަށް ވިދާޅުވީ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް ގެނައި 800 ކިލޯވޯޓްގެ ޖަނަރޭޓަރު ރޭ އިންސްޓޯލްކޮށް ނިންމާލައި ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

” ކަރަންޓް ކެނޑުމުގެ މައްސަލަ އިރާދަކުރެއްވިއްޔާ މިވަގުތަކު މިރަށަކު ނެތް.” އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަ ޖެހުނު ޖަނަރޭޓަރަށް ބޭނުންވާ ސްޕެރ މިހާރު މާލެއަށް ގެނެވިފައިވާކަމަށާއި ދެ ދުވަހެއްގެ ތެރޭގައި ކުޅުދުއްފުއްޓަށް ގެނެސް އެ ޖަނަރޭޓަރުގެ މަރާމާތުކޮށް ބޭނުންކުރަން ފަށާނެ ކަމަށެވެ. އާދަމް ވިދާޅުވީ އިތުރު އާ ޖަނަރޭޓަރަކާއެކު ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށެވެ.

ކުޅުދުއްފުށީގައި ކަރަންޓް ދިނުމަށް ބޭނުންކުރަމުންދަނީ 800 ކިލޯވޯޓް 2 ޖަނަރޭޓަރާއި 1 މެޖަވޯޓްގެ 2 ޖަނަރޭޓަރެވެ. އެތަނުން މައްސަލަ ދިމާވި އެއް މެޖަވޯޓްގެ ޖަނަރޭޓަރަކަށެވެ. ފަހުން ގެނައި 800 ކިލޯވޯޓްގެ ޖަނަރޭޓަރާއެކު ފަސް ޖަނަރޭޓަރު މިހާރު ވަނީ ލިބިފަ އެވެ.

އާދަމް ވިދާޅުވީ ކަރަންޓްގެ މެދުކަނޑަން ޖެހުމުން ދިމާވި ދަތިތަކަށްޓަކާ ރައްޔިތުންގެ ކިބައިން ނިހާޔަތަށް މާފަށް އެދޭ ކަމަށާއި އެވަގުތުތަކުގައި ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ކެތްތެރިކަމަށްޓަކާ ޝުކުރުއަދާކުރައްވާ ކަމަށެވެ.

އިންޖީނަށް މައްސަލަ ދިމާވި މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355