twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުއްލި ހާލަތުގައި ނުހިފެހެއްޓޭނެ ބާރުތައް ވަނީ ހިފަހައްޓާފަ: ނަޝީދު

Feb 19, 2018

ކުއްލި ނުރައްކަލުގައި ހާލަތުގައިވެސް ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އަދުލް އިންސާފުގެ ބާރުތައް ހިފައްހައްޓާފައިވާ މާއްދާތައް ހިފަހައްޓާފައިވަނީ ގާނޫނީގޮތުން ސައްހަކޮށްކަން ބުނަން ދަތިތަކަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ހާއްސަ ޖަލްސާއަށް ހުށަހެޅުއްވި ގަރާރަށް ވާހަކަދައްކަވަމުން މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނަޝީދު ވިދާޅުވީ ހިފެހެއްޓިގެން ނުވާނެ ގާނޫނީ މާއްދާތަކެއް ހިފަހައްޓާފައިވާ ކަމަށެވެ. ހިފަހައްޓާފައިވާ ބައެއް މާއްދާތަކުގެ ތެރޭގައި މަޖިލީހާއި އަދުލު އިންސާފުގެ ދާއިރާއާ ގުޅުން ހުރި މާއްދާތައް ހިފެހެއްޓޭނެކަމަށް ގަބޫލެއް ނުކުރާ ކަމަށާއި އެމާއްދާތައް ނުހިމަނައި ގަރާރު ފާސްކުރެވިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައެއް އަސާސީ ހައްގުތަކާއި ބައެއް ގާނޫނުތައް ހިފެހެއްޓުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ކަމަށާއި މިކަމުގައި ގާނޫނީ ގޮތުން ދެއްކޭނެ ހުއްޖަތެއް ނެތް ކަމަށެވެ.

ނަމަވެސް މިގަރާރުގައި ރައްޔިތުންގެ މަޖިލީހާއި، އަދުލު އިންސާފާ ގުޅުންހުރި ގާނޫނީ މާއްދާތަކެއް އެބަހުރި ކަމަށާއި ކުއްލި ނުރައްކަލުގެ ގަރާރުގެ ދަށުންވެސް މަޖިލީހާއި އަދުލު އިންސާފުގެ ބާރުތައް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެއްވުން ދަތިކަމަށް ނަޝީދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355