twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނޮޅިވަރަމްގައި އިމާރާތްކުރާ 2 ކޮޓަރީގެ އެޕާޓްމަންޓުގެ ބިންގާ އަޅައިފި

Feb 20, 2018

ހދ. އަތޮޅު ކައުންސިލާއި ނޮޅިވަރަމް ކައުންސިލް ގުޅިގެން އެރަށުގައި އިމާރާތްކުރާ 2 ކޮޓަރީގެ އެޕާޓްމަންޓްގެ މަޝްރޫއުގައި ސޮއިކޮށް، އިމާރާތުގެ ބިންގާ އަޅައިފި އެވެ.

ހދ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން، ކޮންމެ ރަށެއްގައިވެސް ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ބޭނުންމަކީ ރަށު ކައުންސިލުތަކުގެ މާލިއްޔަތަށް ފައިސާ އިތުރުކުރުމެވެ..

މިމަޝްރޫއު ފެށުމުގެ ގޮތުން މިއަދު މެންދުރު ނޮޅިވަރަމްގައި ބޭއްވި ރަސްމިއްޔާތުގައި، ހދ އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އަހުމަދު އާތިފެވެ. ނޮޅިވަރަމް ކައުންސިލްގެ ފަރާތުން ސޮއެކުރެއްވީ އެރަށު ކައުންސިލްގެ ރައީސް އިބުރާހިމް ރަޝީދެވެ. ދެ ކޮޓަރި އެޕާޓްމަންޓްގެ ބިންގާވެސް އަޅުއްވާދެއްވީ މި ދެ ބޭފުޅުންނެވެ.

ނޮޅިވަރަމްގައި އިމާރާތްކުރާ ދެ ކޮޓަރީގެ އެއްބަސްވުމުގައި ސޮއިކުރަނީ–

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފު ވިދާޅުވީ މިއަދު ބިންގާ އެޅިގެންމިދާ ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ސަބަބުން ރަށު ކައުންސިލްގެ މާލިއްޔާއަށް ކޮންމެވެސް ވަރެއްގައި އިތުރުކަމެއް އަންނާނެކަމަށެވެ. މިމަޝްރޫއުގެ ތެރެއިން ރަށަށްވެސް އާމްދަނީ ވަންނާނެ އިތުރު ގޮތެއް ފަހިވެގެންދާނެކަމަށް އާތިފްގެ ވާހަކާގައި ފާހަގަކުރެއްވި އެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބުރާހިމް ރަޝީދު ވިދާޅުވީ މިއަދު ބިންގާ އެޅިގެންދާ ދެ ކޮޓަރީގެ ސަބަބު ރަށުގެ މާލިއްޔާއަށް ފައިދާކުރާނެ ކަމަށެވެ.

ނޮޅިވަރަމްގައި އިމާރާތްކުރާ ދެ ކޮަޓަރީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން–

324،000ރ ހަރަދުކޮށްގެން ހަދާ މި ދެ ކޮޓަރީގެ އެޕާޓްމަންޓް އިމާރާތްކުރަން ހަވާލުކޮށްފައިވަނީ އަލްނާ ކާޕެންޓަރއާ އެވެ. ހދ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން ހިންގާ މިޕްރޮޖެކެޓްގެ ދަށުން މިހާރު ހަތަރު ރަށެއްގައި މި މަސައްކަތް ދަނީ ކުރިއަށެވެ. އެއީ ނޮޅިވަރަމްގެ އިތުރުން ނެއްލައިދޫ އާއި ކުމުންދޫ، ކުޅުދުއްފުށި އަދި ނޭކުރަންދޫ އެވެ.

މި މަޝްރޫއު ހިންގުމަށް އަތޮޅު ކައުންސިލް މާލިއްޔާއިން ކޮންމެ ކޮންމެ ރަށު ކައުންސިލަކަށް 175،000ރ ގެ ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355