twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަވަށު ވާދަވެރިކަން ދޫކޮށްލައި ރަށުގެ ތަރައްގީއަށް މަސައްކަތްކުރުމަށް ގޮވާލަން: ނޮޅިވަރަމް ކައުންސިލް

Feb 20, 2018

ޒަމާނުންސުރެ ނޮޅިވަރަމްގެ ދެ އަވަށުގެ ދެމެދުގައި އޮންނަ ވާދަވެރިކަން ދޫކޮށްލައި ރަށުގެ ތަރައްގީއަށް ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބުރާހިމް ރަޝީދު ގޮވާލައްވައިފި އެވެ.

ހދ އަތޮޅު ކައުންސިލާއި ނޮޅިވަރަމް ކައުންސިލް ގުޅިގެން އިމާރާތްކުރާ ދެ ކޮޓަރި އެޕާޓްމަންޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިބުރާހިމް ރަޝީދު ވިދާޅުވީ ޖާހިލިއްޔަ ޒަމާނުގައިވެސް ގަބީލާ ވާދަވެރިކަމާއި ހަސަދަވެރިކަން އޮންނަކަމަށާއި އެކަމަކު އިސްލާމްދީން އައުމަށް ފަހު އެކަންކަން ބަދަލުވެގެންގޮސްފައިވާ ކަމަށެވެ.

އަދި ރަށުގެ ދެ އަވަށުގެ ދެމެދުގައި އޮންނަ ވާދަވެރިކަން ދޫކޮށްލައި ރަށް ތަރައްގީކުރުމަށް އެންމެ އެކުގައި ހިންމަތާއެކު މަސައްކަތްކޮށް، ހިތްފަސޭހަ ތަނަކަށް ހެދުމަށް އޭނާ އެދިލެއްވި އެވެ. ރަށުގެ ވާދަވެރިކަން ނައްޓާލުމަށް ކުރެވެން ހުރި މަސައްކަތްތަކަކީ ކޮބާތޯ ބަލައި އެކަންކަމާގެ ކުރިއަށްދިއުމަށް ރަށުގެ މުވައްސަސާތަކުގެ ވެރިންނަށް އިބުރާހިމް ގޮވާލެއްވި އެވެ

ހދ އަތޮޅު ކައުންސިލުން އަތޮޅުގެ ތަރައްގީކުރަން މަސައްކަތަކަށް ފަރުދީގޮތުން އަތޮޅުގެ ހުރިހާ ރައްޔިތުންވެސް އެއްބާރުލުންދިނުމަށްވެސް އޭނާ އެދިލެއްވި އެވެ. މިހާތަނަށްވެސް ރިސޯޓް ހުޅުވިފައިނުވާ ހަމައެކަނި އަތޮޅަކީ ހދ އަތޮޅުކަން ފާހަގަކުރައްވަމުން އިބުރާހިމް ރަޝީދު ވިދާޅުވީ މިފަދަ ހާލަތަކަށް ވެއްޓިފައިވަނީ ސަރުކާރުތަކުން ހދ އަތޮޅު ބާކީކޮށްފައި އޮތުމުން ކަމަށެވެ. ރިސޯޓެއް ތަރައްގީކުރުމަށް އަތޮޅުން، ފަޅު ރަށެއް އަތޮޅު ކައުންސިލަށް ހޯދޭނެ ގޮތެއްއޮތް ތޯ ބަލައި އަތޮޅުގެ ހުރިހާ ރައްޔިތުން އެކަމަށް އަތޮޅު ކައުންސިލާ ގުޅިގެން މަސައްކަތްކުރުމަށް އޭނާ އެދުނެވެ

” އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މިއަތޮޅުގެ ފަޅު ރަށެއް، ރިސޯޓެއް ތަރައްގީކުރުމަށްޓަކާ އަތޮޅު ކައުންސިލަށް ލިބޭތޯ މަސައްކަތްކުރަމާ ހިނގާ. އެންމެ ގުޅިގެން މަސައްކަތް ކުރަނިކޮށް އަޅުގަނޑަށް ފެނޭ ވެދާނެކަމެއްކަމަށް.” ނޮޅިވަރަމް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ރިސޯޓެއް ތަރައްގީކުރެވޭނެ މަގު ފެނިއްޖެކަމަށްވާ ނަމަ އަތޮޅުގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ. ކައުންސިލްތަކާ މުވައްސަސާތަކާއި ރައްޔިތުން ގުޅިގެން ކުރަން އުޅެފިނަމަ އެކަން ވާނެކަމަށްވެސް އިބުރާހިމް ވިދާޅުވި އެވެ.

އެންމެ އެކައްޗެއް ކިޔާ މި ތަރައްގީ ހޯދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށާއިި ހުރިހާ ކޮންޓްރޯލެއް އޮވެގެން އެ ރިސޯޓުން ލިބޭ ހުރިހާ މަންފާއެއް އަތޮޅަށް ލިބޭގޮތަށް ހިންގަން ލިބިއްޖެނަމަ އަތޮޅަށް އިތުރު މަންފާތަކަކާއި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ވިދާޅުވި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355