twitterviber whatsapp telegramfacebookyoutube instagram
15th August 2026

ނޮޅިވަރަމްފަރު ލޯފަން އާދަމްބެ ބަލިވެ، އަޅާލާނެ މީހަކު ނުވެ އެކަނިވެރިކަމުގަ !

Feb 21, 2018

ހދ ނޮޅިވަރަމްފަރު ގަރީބީވިލާ އާދަމް އަލީ (އަނދިރި އާދަމްބެ) އަކީ އަޅާލާނެ މީހަކުނެތި އެކަނި އުޅެމުންއައި ލޯފަން މީހެކެވެ.

އާއިލާގެ އެއްވެސް މީހެއްނެތް އުމުރުން 75 އަހަރުގެ އާދަމްބެ މި މަހު 10 ވަނަ ދުވަހު ވަރަށް ބޮޑަށް ބަލިވެ ނޮޅިވަަރަންފަރު ހެލްތް ސެންޓަރުން ފަރުވާ ދިނުމަށްފަހު އިތުރުން ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި ފަރުވާދީފައެވެ.

އެރަށު ކައުންސިލުން މައުލޫމާތު ދޭގޮތުގައި އާދަމްބެ ކުޅުުދުއްފުއްޓަށް ގެންދިޔައީ އާންމުގެ ބަޔަކަށް ވަތީ ހޮސްޕިޓަލްގައި މަޑުކުރާނެ މީހަކު ނެތުމުން ގޮވައިގެން ދިޔަ މީހުންގެ އެދުމަށް އަނެއްކާވެސް އާދަމްބެ ނޮޅިވަރަމްފަރު ސިއްހީ މަރުކަޒަށް ބަދަލުކުރެވުނު ކަމަށެވެ.

އާދަމްބެ ނޮޅިވަރަމްފަރު ސިއްހީ މަރުކަރުޒުގައި އެޑްމިޓް ކުރެވިފަ–

އާދަމްބެގެ ހާލުދެރަކަމުން އެކަނި ސާފުތާހިރުވެސް ނުވެވޭ ކަމަށާއި މުސާރަ ދީގެންވެސް އާދަމްބެ ބަލާނެމީހަކު ވަނީ ނުވެފަކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

އާދަމްބެގެ އަންހެން ދަރިއެއް ހުންނަ ކަމަށާއި އެހެންނަމަވެސް އާދަމްބެ އެއީ އާދަމްބެގެ ދަރިއެއް ނޫންކަމަށް ބުނުމުން އެ އަންހެންމީހާ ވަނީ އާދަމްބެ ބެލުމަށް އިންކާރުކޮށްފަކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

އެހެން ކަމުން ކައުންސިލުން ވަނީ އާދަމްބެ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ޖެންޑާރ މިނިސްޓްރީ އަދި ހެލްތް މިނިސްޓްރީއަށް ލިއުމަކުން އެދިފަކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355