twitterviber whatsapp telegramfacebookyoutube instagram
31st October 2025

އައިހެވަން މަޝްރޫއުގެ މާސްޓަރ ޕްލޭން އާއި ފީސިބިލިޓީ ސްޓަޑީ ނިމިއްްޖެ: ރައީސް

Feb 22, 2018

އައިހެވަން މަޝްރޫއުގެ މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތާއި ފީސިބިލީ ސްޓަޑީ ނިމިފައިވާކަން ރައީސް އަބްދުﷲ ޔާމީން  ވިދާޅުވެއްޖެ އެވެ.

އައިހެވަންގެ މާސްޓަ ޕްލޭންގެ މަސައްކަތް ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުންޏާ ހަވާލު ކުރީ 2016 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. އަދި ފީސިބިލިޓީ ހެދީ އެެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕާ (ބީސީޖީ) އިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި  ރޭ އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވީ ރިޔާސީ އިހަވަންދިއްޕޮޅު މަޝްރޫއުގެ ފީސިބިލިޓީ އާއި މާސްޓާ ޕްލޭން ނިމިފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް ދެއްވާފައެއް ނުވެ އެވެ.

އައިހެވަންއަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރަކާ އެކު ބަނދަރުގެ ވިޔަފާރިއަށް ބޭނުންވާ އިތުރު ދާއިރާތަކެއް ހިމެނޭ ބޮޑު މަޝްރޫއެކެވެ. އެ ތަނުގައި މުދާ އުފެއްދުމާއި ބަންދުކުރުމާއި ޕްރޮސެސްކުރުމާއި ގުދަންކުރުމުގެ އިތުރަށް، ބައިނަލްއަގުވާމީ ކްރޫޒް ފެސިލިޓީ އާއި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައް ވެސް ހިމެނެ އެވެ.

މިމަޝްރޫއުއަކީ ރައީސް ޔާމީންގެ ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވިއިރު އެސަރަހައްދުގައި ރައްޔިތުންނަށް ވެފައިވާ ވައުދެކެވެ. ނަމަވެސް މަސައްކަތް ނުފެށި ލަސްވަމުންދާތީ އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ރައީސްއަށް ފާޑުވިދާޅުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355