twitterviber whatsapp telegramfacebookyoutube instagram
15th August 2026

ހޯރަފުށީ އެއާޕޯޓް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

Feb 22, 2018

ހއ ހޯރަފުށީ އެއާޕޯޓް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް މިހާރަށްވުރެ ފުޅާކުރުމުގެ ގޮތުން މިއަހަރު ހއ. ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އޭގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށް، އެ ސަރަހައްދަށް ޓޫރިޒަމްފުޅާ ވެގެންދާނެ ކަމަށެވެ. އެމަސައްކަތް މިއަހަރު ފަށާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ

ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގެ މަގުން ފަސޭހައިން ދަތުރުކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދަށުން، މިއަހަރު ތެރޭގައި ކުޅުދުއްފުއްޓާއި ށ. ފުނަދޫ އާއި ނ. މާފަރު އަދި ގދ. މާވާރުލުގައި ގާއިމް ކުރާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ މަސައްކަތް އެއްކޮށް ނިމިގެންދާނެ ކަމަށްވެސް ރައީސް ވާހަކާގައި ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355