twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ޓީމަށް ބިދޭސީ ދެ ކުޅުންތެރިޔަކު ގެނެސްފި

Feb 22, 2018

މިއަހަރު މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅުދުއްފުށިން ނެރޭ ޓީމަށް ބިދޭސީ ދެ ކުޅުންތެރިޔަކު ގެނެސްފި އެވެ.

ކުޅުދުއްފުށީ ޓީމަށް ގެނެސްފައިވަނީ ނައިޖީރިއާގެ ކުޅުންތެރިޔަކާއި އައިވަރީކޯސްޓްގެ ކުޅުންތެރިޔެކެވެ.

މިދެ ކުޅުންތެރިން އިއްޔެ ވަނީ ޓީމާ ގުޅި ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. ދެ ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް އިއްޔެ ޒިގްޒެގް ދަނޑުގައި ވަނީ ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފަ އެވެ.

ކުޅުދުއްފުށީ ޓީމަށް ގެނައި ދެ ބިދޭސީ ކުޅުންތެރިންނަށް މަރުހަބާ ކިޔަނީ–

ކުޅިވަރު ކަންތައްތަކާ ހަވާލުވެރިހުންނެވި ކައުންސިލަރު މުހައްމަދު ފަވާޒް ނައީމް މިއަދު ކޭއޯއަށް ވިދާޅުވީ ބިދޭސީ ކުޅުންތެރިން ގެނައުމުގައި ޓީމްގެ މެނޭޖްމަންޓްގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބުނުކަމަށެވެ.

މިއަހަރުގެ މުބާރާތަށް ބިދޭސީ ކުޅުންތެރިން ގެނައިކަމުގައިވީނަމަވެސް އެހެން ރަށްރަށުން ކުޅުންތެރިން ގެނައުމުގެ ވިސްނުން ނުގެންގުޅޭކަމަށް އޭނާ ވިދާޅުވި އެވެ.

” މިއަހަރު ބޮޑަށް ވިސްނުން ހުރީ ރަށުގެ ކުޅުންތެރިންނަށް ފުރުސަތު ދޭ. ” ފަވާޒް ވިދާޅުވި އެވެ.

ފަވާޒް ވިދާޅުވީ ރަށްރަށުން ކުޅުންތެރިން ގެނައުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި ދެންވެސް ކުޅުންތެރިން ގެންނަށް ޖެހިއްޖެނަމަ ގެންނާނީ ރާއްޖެއިން ބޭރުގެ ކުޅުންތެރިން ކަމަށެވެ.

ކުޅުދުއްފުށީ ޓީމް ކުޅުންެތެރިންނާއި އޮފިޝަލް ފޮޓޯއަކަށް ހުއްޓިގެން–

ކައުންސިލް މިއަހަރު މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ދީފައިވަނީ ލިމިޑެޓް ބަޖެޓެކެވެ. އެއީ 150،000ރ ގެ ބަޖެޓެކެވެ. ފަވާޒް ވިދާޅުވީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަންވެސް ޓީމަށް ލިބެމުންދާ ކަމަށާއި އެކަމަށްޓަކާ އެފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355