twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ކައުންސިލުން ރައްޔިތުންނަށް ބާއްވާ ބައްދަލުވުން މިމަހު 24 އަށް ފަސްކޮށްފި

Feb 22, 2018

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާގޮތަށް، ކުޅުދުއްފުށީގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބާއްވާ ބައްދަލުވުން މިމަހުގެ 24 އަށް ފަސްކޮށްފި އެވެ.

މިބައްދަލުވުން ކުރިން ބާއްވަން ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ކަމަށްވިޔަސް މިހާރު އެއް ދުވަހަށް ލަސްކުރީ އެ ރޭ އަމީރު އަމީން ސްކޫލުގެ ޕީޓީއޭ އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި އޮންނާތީ އެވެ. ލަސްކުރީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ދިނުމަށް ކަމަށް ކައުންސިލް ބުނެ އެވެ.

މި ބައްދަލުވުން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު، ޖަލާލުއްދީން ސްކޫލް ހޯލްގަ އެވެ. މިދިޔަ އަހަރުވެސް ކައުންސިލުން ވަނީ ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފަ އެވެ.

ކައުންސިލުން ބުނީ އާންމުކޮށް ހުޅުވާލާއިގެން ބާއްވާ މިބައްދަލުކުރެވުމުގެ ކުޅުދުއްފުށީގެ ރައްޔިތުން ފިޔަވާ ކުޅުދުއްފުށީގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ބައިވެރިވެވޭނެ ކަމަށާއި އެހެން ރަށްރަށުގެ ރައްޔިތުންނަށް ބައިވެރިވުމަށް ހުރަހެއް ނެތްކަމަށް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންނަށް މަޢުލޫމާތު ދިނުމާ ބެހޭގޮތުން ލޯކަލް ކައުންސިލް ގާނޫނުގެ 110 ވަނަ މާއްދާގައި ވަނީ “ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ އާއި ޖުލައި މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355