twitterviber whatsapp telegramfacebookyoutube instagram
24th April 2024

ބިމު ކުލީގެ ގޮތުގައި ކައުންސިލްތަކަށް ލިބޭ އާމްދަނީގެ ތަފްސީލް ދިނުމަށް އެލްޖީއޭއިން އަންގައިފި

Feb 22, 2018

ކައުންސިލްތަކުގެ ބެލުމުގައި ދަށުގައި ހުރި ބިންތަކުގައި މުއާމަލާތްތައް މަޑުޖައްސާލުމަށް އެނގިތާ މާގިނަ ދުވަހެއް ނުވަނީ ބިންތަކުން ކައުންސިލްތަކަށް ލިބޭ އާމްދަނީގެ ތަފްސީލް ހޯދުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އަންގައިފި އެވެ.

އެލްޖީއޭ އިން ކައުންސިލްތަކަށް އަންގާފައިވަނީ އެރަށެއްގައި ކައުންސިލްތަކުގައި ބެލުމުގެ ހުރި ބިންތަކުން ކުއްޔަށްދީގެން ލިބޭ އާމްދަނީ ތަފްސީލް ހޯދުމަށެވެ. އަދި ބިންތަކުގެ ކުލީގެ މުއްދަތު ހަމަވާ ތާރީހްވެސް އެލްޖީއޭ ފޮނުވުމަށް ވަނީ އަންގާފަ އެވެ.

ކައުންސިލްތަކުގެ ބުނީ އެ މައުލޫމާތުތައް ހޯދާ މަގްސަދު ނޭނގޭ ކަމަށާއި އިތުރު އެއްވެސް އެއްޗެއް ސިޓީގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

ކައުންސިލްތަކުގެ ބެލެނިވެރިކަމުގައި އޮވެ އެލްޖީއޭއިން، ލޯކަލް ކައުންސިލްތަކުގައި ގާނޫނުގައި ބަޔާންކުރާ ބާރުތައް ކައުންސިލްތަކަށް ހޯދައިދިނުމުގެ ބަދަލުގައި އެލްޖީއޭއިން މަސައްކަތް ކުރަނީ ކައުންސިލްތަކަށް ދަތިކުރުމަށް ކަމަށް ކައުންސިލްތަކުން ބުނެ އެވެ.

ރަށްރަށު ބިމުން ކުލީގެ ގޮތުގައި ލިބޭ ފައިސާއަކީ އެރަށެއް ރައްޔިތުންގެ މާލިއްޔާއަށް ލިބޭ ފައިސާއެކެވެ. އެ ލިބޭ މަދު ފައިސާ ކޮޅުން މުޖުތަމައުއަށް ބޭނުންވެފައިވާ ކުދި ކަންތައް ކުރެ އެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފެދި ފަހުން ރަށްރަށުން ކައުންސިލްތަކަށް ލިބޭ ގިނަ އާމްދަނީއެއް ބަލައިގަންނަށް ގޮތަށް ސަރުކާރުން ހަމަޖައްސާފައިވަނީ މިރާއަށެވެ. އެފައިސާތައް ސީދާ ދައުލަތުގެ ބަޖެޓަށް ވަންނައިރު ރަށްރަށުގައި ކުރަން ހުންނަ ގިނަ ކަންތައްތައް ފައިސާގެ ދަތިކަމާ ހެދި އޮންނަނީ ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355