މިނިވަން ޗެމްޕިއަންޝިޕްގައި ފުޓްބޯޅަ މުބާރާތުގައި ނެއްލައިދޫ ޓީމުގެ ކޯޗަކަށް ކުރީގެ ޤައުމީ ޓީމްގެ ކެޕްޓަން އައްސަދު އަބުދުލްޢަނީ ހަމަޖައްސައިފި އެވެ.
އައްސަދު މިއަދުގެ ވަގުތެއް ނެއްލައިދޫއަށް ވަނީ އައިސްފަ އެވެ. އޭނާއަށް ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ކުޅިވަރު ކަންތައްތަކާ ހަވާލުވެރިހުންނެވި ކައުންސިލަރު މުހައްމަދު އިލްހާމް ވިދާޅުވީ ކޯޗު އައްސަދުއާއެކު މިއަދު ރަސްމީކޮށް ފަރިތަކުރުތައް ފަށާނެ ކަމަށެވެ. ނެއްލައިދޫއިން ނެރޭ ޓީމުގައި ހިމެނެނީ 100 އިންސަތަ އެރަށުގެ ކުޅުންތެރިން ކަމަށާއި ޓީމުގައި ހިމެނޭނީ ޒުވާން ކުޅުންތެރިނތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އައްސަދު މިއަދު ނެއްލައިދޫއަށް އައުމުން ކައުންސިލުން މަރުހަބާ ކިޔަނީ–
އިލްހާމް ވިދާޅުވީ 21 އަހަރުން ދަށުގެ 7 ކުޅުންތެރިން ޓީމުގައި ހިމެނޭނެ ކަމަށެވެ. ހުރިހާ ކުޅުންތެރިންވެސް ތިބީ ރަނގަޅު ކާމިޔާބީއެއް ހޯދުމުގައި ވަރަށް ވަރުގަދަ އަޒުމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނެއްލައިދޫ ހިމެނެނީ ހަނިމާދޫ ގްރޫޕްގަ އެވެ. އެ ގުރޫޕްގައި މެޗުތައް ކުޅޭނީ ހަނިމާދޫގައި އެވެ.